އަލް ޖަޒީރާ އަރަބިކް އިން ނަގާފައިވާ މެޑިކަލް މަސްދަރުތަކުގެ ބަހުން، ފަތިހުއްސުރެ ޣައްޒާގެ އެކި ސަރަޙައްދުތަކުގައި އިސްރާއީލުގެ ސިފައިންގެ ޙަމަލާތަކުގައި މަދުވެގެން 18 ފަލަސްތީނުން ޝަހީދު ވެއްޖެއެވެ.
އެންމެ ގިނަ މީހުން ޝަހީދުވި ޙަމަލާ އެއް ދެވުނު ކަމަށް ބުނެވެނީ ދެކުނު ޣައްޒާގެ ޚާން ޔޫނިސް ކައިރީގައިވާ އަލް-މަވާސީގައެވެ. އެތަނުގައި އިސްރާއީލީ ޖެޓް މަތިންދާބޯޓުތަކުން ގެދޮރު ގެއްލިފައިވާ މީހުން ހިމާޔަތް ހޯދަމުންދާ ޓެންޓުތަކަށް ބޮން އެޅުމުގެ ސަބަބުން މަދުވެގެން 15 މީހުން ޝަހީދު ވިއެވެ.
މެދު ޣައްޒާގެ ނެޓްޒަރިމް ކޮރިޑޯ ކައިރީގައިވާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަންގެ އެހީ ބެހުމުގެ މަރުކަޒު ކައިރިން އެހީ ހޯދަން މަސައްކަތްކުރަމުންދަނިކޮށް އިސްރާއީލުގެ ސިފައިން ބަޑިޖެހުމުން އިތުރު އެކަކު ޝަހީދުވިއެވެ.
މި ޙަމަލާތަކުގައި ގިނަ އަދަދެއްގެ މީހުންނަށް ޒަޚަމްވެފައިވާ ކަމަށް ވެސް ރިޕޯޓުކުރެވެއެވެ.
އިސްރާއީލުން ޢައްޒާގައި ހިންގަމުންދާ ގަތުލްއާމުގައި މިހާތަނަށް57 ހާހަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައި135 ހާހަށް ވުރެ ގިނަ މީހުން ވަނީ ޒަހަމް ކޮށްލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް