ދިވެހި ފިލްމީ ތަރި އައިމިނަތު ރަޝްފާ (އާޝާ) އޭނާގެ ފޭސްބުކް ޕްރޮފައިލްގައި ފޭނުން ހައިރާންވާވަރުގެ ވަރުގަދަ ޕޯސްޓެއް ދޫކޮށްލައިފިއެވެ.
އެ ޕޯސްޓުގައިވާ ފޮޓޯއިން ފެންނަނީ އާޝާ އާއި ދިވެހި ފިލްމީ ތަރި މުޙައްމަދު ރަޝީދު (ދަރާ) އެވެ.
އާޝާގެ އެ ޕޯސްޓްގައި އާޝާ ބުނެފައިވަނީ ލޯބީގައި ވަކި އުމުރެއް ނޯންނާނެ ކަމަށެވެ. އަދި ދަރާ ރަޝީދާއެކު އުފާވެރި ޙަޔާތެއް ހޭދަކުރުމުގެ ފުރުޞަތު ލިބުނީތީ އުފާކުރާކަމަށްވެސް އާޝާ ބުނެފައިވެއެވެ.
އާޝާގެ މި ޕޯސްޓަށް ދިވެހި ފިލްމީ ދާއިރާގެ ބައެއް ފަރާތްތަކުންވެސް ވަނީ މަރުޙަބާ ކިޔާފައެވެ.
އެހެންނަމަވެސް މިކަމާއި ގުޅޭގޮތުން އާޝާގެ ބަހެއް އަދި ދަރާ ރަޝީދުގެ ބަހެއްވެސް ނުލިބޭތީ ހަމަ ހަގީގަތުގައިވެސް މި ދެތަރިން ކައިވެނީގެ ގޮށްޖެހީކަން ކަށަވަރެއް ނޫނެވެ.
އެއީ ފިލްމީ ތަރިންކަމުގައިވާހިނދު މިއީ ފިލްމީ ކަމަކަށްވުންވެސް ހަމަ އެކަށީގެންވެއެވެ. ފިލްމީ ޕްރޮޖެކްޓަކާ ގުޅުންހުރި ކަމަކަށްވުންވެސް އެކަށީގެންވެއެވެ. ދެ ތަރިންވެސް ފޯނު ނުނަގާތީ މިކަން އަދި އެންމެ ސާފުކޮށް ސާފުވާގޮތްވަނީ ނުވެފައެވެ.
https://www.facebook.com/chuweet.aashaa/posts/pfbid0kQMKXAwg3AsZsXNZR6G8MkWN8QvfJUKyTuNV8Z86eRvvcDut6tVWxgWA2HHJ7ZeFl
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް