މަދަރުސީ ދުވަސްވަރު ކުދިން އިތުރު ހަރަކާތްތަކުގައި ބައިވެރިކުރުވުމުން ކުދިންގެ ވިސްނުން ތަރައްޤީވެ މުޖުތަމަޢަށް ނުކުންނަން ތައްޔާރުކުރުމަށް ކޮންމެހެން ބޭނުންތެރި މުހިއްމު އެތައްކަމެއް ދަސްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ޢައިޝަތު އަފްރީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
އަފްރީން މިހެން ވިދާޅުވީ، ގަލޮޅު މަދަރުސާގެ 24 ވަނަ ސްޓަރ އިންވެސްޓިޗަރ ސެރަމަނީ ޝަރަފުވެރިކޮށްދެއްވާ އެ ހަފްލާގައި ވާހަކަދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ޢައިޝަތު އަފްރީން މުޙައްމަދު ވިދާޅުވީ، ކުއްޖާގެ ވިސްނުން ހަރުދަނާކޮށް ކުއްޖާއަކީ ހުރިހާކަމެއްގައިވެސް ނަމޫނާ ދަރިވަރަކަށް ހެދުމަށް ތުއްތުއިރު ކަންކަމަށް ހޭނުވުމަކީ މުހިއްމުކަމެއް ކަމަށްށެވެ.
މިގޮތުން، ކުދިންނަށް އެ ކުދިންގެ އަމިއްލަ ޒިންމާތަކާއި ޢިލްމާއި ޙިލްމް ދަސްވާ އެއްކަމެއްގެ ގޮތުގައި ސްކޫލްތަކުގެ އިތުރު ހަރަކާތްތައް ފާހަގަކުރައްވާ އަފްރީން ވިދާޅުވީ އެފަދަ ހަރަކާތްތަކުގައި ހުރިހާ ކުދިންވެސް ބައިވެރިކޮށްދެއްވުމަށް ބެލެނިވެރިންނާއި ޓީޗަރުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް