އަލިފާނުގެ ހާދިސާ: ހަތަރު މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފި

މާލޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ދިރިނޫޅެވޭވަރަށް ގެއްލުންވި އެޕާޓްމަންޓުގައި ދިރިއުޅެމުންދިޔަ ހަތަރު މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ. މިކަމާއި ގުޅޭގޮތުން ދުވަހަށް މަޢުލޫމާތުދެއްވަ...

04 Jul 2024 | 16:27

މާލޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ދިރިނޫޅެވޭވަރަށް ގެއްލުންވި އެޕާޓްމަންޓުގައި ދިރިއުޅެމުންދިޔަ ހަތަރު މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

މިކަމާއި ގުޅޭގޮތުން ދުވަހަށް މަޢުލޫމާތުދެއްވަމުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ ގެ ޗީފް އެގްޒެކެޓިވް، ހިސާން ހަސަން ވިދާޅުވީ މި ހާދިސާއާއި ގުޅިގެން ހަތަރު މީހަކަށް ފަނަރަ ދުވަހުގެ މުއްދަތަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިފައިވާކަމަށެވެ.

މި ހާދިސާއާއި ގުޅޭގޮތުން އެމްއެންޑީއެފްއިން ބުނެފައިވަނީ އެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން ހަތަރު މީހަކު ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ. އަދި ހަމަ އެހެންމެ އެ ހާދިސާ ހިނގި ފަންގިފިލާގައި ހުރި ގިނަ އަދަދެއްގެ ތަކެތި ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާކަމަށެވެ.

އެއަށްފަހު އެންޑީއެމްއޭއިން ބުނެފައިވަނީ އެންޒިއަން ގޭގެ 3B ގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައި ދިރިނޫޅެވޭވަރަށް އެތަނަށް ގެއްލުން ލިބިފައިވާތީ، ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށެވެ.

މ. ފްލޫނިއާ މަގުގައި ހުންނަ މ. އެންޒިއަންގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މެންދުރު 01:45 ހާއިރުގައެވެ. މި ހާދިސާ ހިނގުމުން ސަލާމަތީ ޚިދުމަތްތަކުން އެ ސަރަހައްދަށްގޮސް އެ އެޕާޓްމަންޓްގައި ހިނގި އަލިފާން ވަނީ ނިއްވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް