މިއަދު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގިނަ އަދަދެއްގެ ތަކެތި ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެގޮތުން ބައެއް ފޮޓޯތައް ހިއްސާކޮށް އެމްއެންޑީއެފްއިން ބުނެފައިވަނީ މ.އެންޒިއަންގޭގެ 3 ވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ފަންގިފިލާގައި ހުރި ގިނަ ޢަދަދެއްގެ ތަކެއްޗަށް ވަނީ ބޭނުންނުކުރެވޭވަރަށް ގެއްލުން ލިބިފައި ކަމަށެވެ.
އަލިފާނުގެ މި ހާދިސާ ހިނގީ މިއަދު މެންދުރު 01:45 ހާއިރުގައެވެ. އަލިފާނުގެ މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސް އިން ވަނީ އެ އިމާރާތަށް ގޮސް އަލިފާން ނިއްވާލާފައެވެ. މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ހަތަރު މީހަކު ހަސްފަތާލަށް ގެންދެވުނުކަމަށް އެމްއެންޑީއެފްއިން ކުރިން ބުނެފައިވެއެވެ.
https://dhuvas.mv/261777
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް