މާލޭގައި ފުޅާ ދާއިރާއެއްގައި ހަށި ވިއްކަމުންދިޔަ ވިއެޓްނާމުގެ ދެ އަންހެނަކު އަތުލައިގެންފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އެގޮތުން އިމިގްރޭޝަނުން މިއަދު ބުނީ މާލޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖަންސް އިން ލިބުމުން ރޭގައި އިމިގްރޭޝަންގެ ޓާސްފޯހުން ހާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށްގެންދިޔަ ކަމަށެވެ.
ރެއިޑް އެ އޮޕަރޭޝަނުގައި ވިއެޓްނާމަށް ނިސްބަތްވާ ދެ އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް