ހުޅުމާލެއިން ސްމާޓް ޕާކިންގެ 11 ޖާގަ ބީލަމުގެ އުސޫލުން ދޫކޮށްލަން ނިންމައި އެކަން އެޗްޑީސީއިން އިއުލާނުކޮށްފިއެވެ.
އެގޮތުން އެޗްޑީސީއިން މިއަދުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ވެހިކަލް ޕާކު ކުރުމަށް ބޭނުންވާ ޖާގަ ހުޅުމާލެ ފިތުރޯނު މަގު، ފެރީ ޓާމިނަލް ޕާކު ކައިރީގައި ތަރައްޤީކޮށްފައިވާ ފިތުރޯނު ސްމާޓް ޕާކިން ޒޯން އިން ތިން އަހަރު ދުވަހުގެ މުއްދަތަކަށް ޖުމްލަ 11 ޕާކިން ޖާގަ ކުއްޔަށް ދިނުމަށް އެ ކޯޕޭޝަނުން ނިންމާފައިވާކަމަށެވެ.
ބީލަލް ކުރިއަށްގެންދިއުމުގެ މަރުހަލާތައް
| މަރުހަލާތައް | ތާރީޚާއި ގަޑި | ތަން |
| ބީލަން ފޯމު ބަލައިގަތުން | ތާރީޚް: 25 ޖުލައި 2024 (ބުރާސްފަތި) ގަޑި: 13:00 އާއި 14:00 އާ ދެމެދު | އެގްޒިބިޝަން ސެންޓަރ، އެޗްޑީސީ ބިލްޑިން، ގްރައުންޑް ފްލޯ |
| ބީލަން ފޯމު ހުޅުވުން | ތާރީޚް: 25 ޖުލައި 2024 (ބުރާސްފަތި) ގަޑި: 14:30 |
އެޗްޑީސީއިން ބުނެފައިވަނީ ބީލަން ފޯމު ހުށަހެޅުމާއި ގުޅޭ އިތުރު މައުލޫމާތު މި އިއުލާނާއެކު އެ ކޯޕަރޭޝަންގެ ވެބްސައިޓް https://www.hdc.mv އަދި https://properties.hdc.mv ގައި ޝާއިއުކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެކަމަށެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް މި ކޯޕަރޭޝަނުގެ ނަންބަރު 1516 އަށް ގުޅުއްވުން އެދޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް