ވަނގާރުން މާލެ ދަތުރުކުރި ދޯންޏެއް ލޯފަރު ފަރަށް

ށ. ވަނގާފަރުން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ ދޯންޏެއް ފަރަކަށް އުރިއްޖެއެވެ. މި ހާދިސާއާއި ގުޅޭގޮތުން އެމްއެންޑީއެފްއިން ބުނެފައިވަނީ ށ. ވަނގާރުން މާލެ ދަތުރުކުރި "ނަސްފަރު" ނަމަކަށްކިޔާ ދޯންޏެއް...

04 Jul 2024 | 11:22

ށ. ވަނގާފަރުން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ ދޯންޏެއް ފަރަކަށް އުރިއްޖެއެވެ.

މި ހާދިސާއާއި ގުޅޭގޮތުން އެމްއެންޑީއެފްއިން ބުނެފައިވަނީ ށ. ވަނގާރުން މާލެ ދަތުރުކުރި "ނަސްފަރު" ނަމަކަށްކިޔާ ދޯންޏެއް ރޭ ދަންވަރު ނ. ލޯފަރު ފަރަށް އުރި ދިޔަވާތީ އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.

10 މީހުންނާއެކު ދަތުރުކުރި އެ ދޯންޏަކީ ދިގުމިނުގައި 75 ފޫޓު ހުރި ދޯންޏެއްކަމުގައި އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް