ފަސް ސަރަހައްދެއްގެ ރީޖަނަލް ހޮސްޕިޓަލްތަކުން ފޯރުކޮށްދެއްވާ ޚިދުމަތް ދެ ދަންފަޅިއަށް ބަދަލުކުރަނީ

ރާއްޖޭގެ ފަސް ސަރަހައްދުގައި ގާއިމްކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލްތަކުން ފޯރުކޯށްދޭ ހިދުމަތް ދެ ދަންފަޅިއަށް ބަދަލުކުރުމަށް ހެލްތް މިނިސްޓްރީން ނިންމައިފިއެވެ. ހެލްތު މިނިސްޓްރީން ބުނީ، މީގެ ކުރިން އެއ...

04 Jul 2024 | 09:05

ރާއްޖޭގެ ފަސް ސަރަހައްދުގައި ގާއިމްކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލްތަކުން ފޯރުކޯށްދޭ ހިދުމަތް ދެ ދަންފަޅިއަށް ބަދަލުކުރުމަށް ހެލްތް މިނިސްޓްރީން ނިންމައިފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ، މީގެ ކުރިން އެއް ދަންފަޅިއަށް ޚިދުމަތް ދެމުން އައި ފަސް ރީޖަނަލް ހޮސްޕިޓަލެއް، މި މަހުން ފެށިގެން ދެ ދަންފަޅިއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

ޚިދުމަތަށް ބަދަލު ގެނައުމަށް ނިންމާފައިވާ ހޮސްޕިޓަލު ތަކަކީ، ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލެވެ.

މިގޮތުން، ޖުލައި މަހު 1 އިން ފެށިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ދެ ދަންފަޅިއަށް ޚިދުމަތް ދޭން ވަނީ ފަށާފައެވެ. އަދި އިތުރު ހޮސްޕިޓަލްތަކުން ދެ ދަންފަޅިއަށް ޚިދުމަތް ބަދަލުކުރާނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށްވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ދެ ދަންފަޅިއަށް ޚިދުމަތް ދޭން ފެށުމާއި އެކު  ރީޖަނަލް ހޮސްޕިޓަލުތަކުން ހާއްސަ ޑޮކްޓަރުންނަށް ދެއްކޭ ވަގުތު އިތުރު ވެގެން ދާނެ އެވެ. މި ބަދަލާ އެކު ހެނދުނުގެ އަދި ހަވީރުގެ އިތުރުން ރޭގަނޑު ވެސް ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ހިދުމަތް ރީޖަނަލް ހޮސްޕިޓަލްތަކުން ލިބޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް