ވަޒީފާ ނެތް ޒުވާނުންގެ އަދަދު އިތުރުވެ ޗައިނާގެ ސިޔާސީ ދާއިރާއަށް ނުރައްކާ

ޗައިނާގައި ވަޒީފާ ނެތް ޒުވާނުންގެ އަދަދު އިތުރުވެ އެގައުމުގައި ސިޔާސީ މައްސަލަތައް ނިކުމެދާނެކަމަށް އެގައުމުގެ އިގްތިސާދީ މާހިރުންތަކެއް ބުނެފިއެވެ. ޗައިނާގެ ސަރުކާރަށް އިގްތިސާދީ ލަފާދީފައިވާ މާހިރެއ...

04 Jul 2023 | 17:12

ޗައިނާގައި ވަޒީފާ ނެތް ޒުވާނުންގެ އަދަދު އިތުރުވެ އެގައުމުގައި ސިޔާސީ މައްސަލަތައް ނިކުމެދާނެކަމަށް އެގައުމުގެ އިގްތިސާދީ މާހިރުންތަކެއް ބުނެފިއެވެ.

ޗައިނާގެ ސަރުކާރަށް އިގްތިސާދީ ލަފާދީފައިވާ މާހިރެއް ކަމުގައިވާ ލިއު ޔުއާންޗުން ވިދާޅުވެފައިވާ ގޮތުގައި ކުރިއަށް އޮތް ގަރުނުގައިވެސް ވަޒީފާ ނެތް ޒުވާނުންގެ އަދަދު މައްޗަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި މައްސަލައާއިމެދު އެދެވޭ ފިޔަވަޅުތަކެއް ނާޅައިފިނަމަ އިގްތިސާދީ ދާއިރާއިން މައްސަލަ ބޭރުވެ އިޖުތިމާއީ މައްސަލަތައް އުފެދި، އެގައުމުގައި ސިޔާސީ މައްސަލަތައް އުފެދެން މެދުވެރިވާ މައްސަލައަކަށް އެކަން ވެދާނެކަމަށް ވެސް ލިއުއާއި އިތުރު މާހިރުންތަކެއް ގުޅިގެން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވެއެވެ.

ޗައިނާގައި ވަޒީފާ ނެތް 16 އަހަރާއި 24 އަހަރާއި ދެމެދުގެ އަބާދީގެ ނިސްބަތް ވަނީ 20.8 ޕަސެންޓަށް އަރާފައެވެ. މިމައްސަލަ މައިގަނޑު ގޮތެއްގައި ނިކުމެފައިވަނީ ކޮވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކުގެ ސަބަބުން ދަށަށް ގޮސްފައިވާ އަމިއްލަ ވިޔަފާރީގެ ސިނާއަތުގެ ސަބަބުންނެވެ.

ލިއުއާއި އިތުރު މާހިރުންގެ ރިޕޯޓުގައި ވާގޮތުން ޗައިނާގެ ވަޒީފާނެތް ޒުވާނުންގެ މައްސަލައަށް ހައްލެއް ލިބެންއޮތީ ހަރުދަނާ އިގްތިސާދީ ކުރިއެރުންތަކަކާއި

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް