އޭޕީއާއި އެމްއެންޕީގައި މިހާރު 10 ހާސް ހަމަނުވޭ، ޕީއެންސީއާއި އެމްޓީޑީގައި ތިން ހާސް ހަމަވަނީ ކިރިޔާ

އަދާލަތު ޕާޓީއާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގައިވެސް މިހާރު 10 ހާސް މެންބަރުން ހަމަނުވާކަން ހާމަވެއްޖެއެވެ. މިކަން ހާމަވެފައިވަނީ އިލެކްޝަންސް ކޮމިޝަނުން މިރޭ ހާމަކުރި ދަފްތަރު އަދާހަމައިގަ...

04 Jul 2023 | 15:12

އަދާލަތު ޕާޓީއާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގައިވެސް މިހާރު 10 ހާސް މެންބަރުން ހަމަނުވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ އިލެކްޝަންސް ކޮމިޝަނުން މިރޭ ހާމަކުރި ދަފްތަރު އަދާހަމައިގައެވެ.

ޖޫން މަހުގެ ނިޔަަލަށް އަދާހަމައަށް ބަލައިލާއިރު:-

  1. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގައި 58،035 މެންބަރުން
  2. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގައި 38،831  މެންބަރުން
  3. ޖުމްހޫރީ ޕާޓީ (ޖޭޕީ)ގައި 22،705 މެންބަރު
  4. މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްގައި(އެމްޑީއޭ)ގައި 10،227 މެންބަރުން
  5. މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގައި 9،729 މެންބަރުން
  6. އަދާލަތު ޕާޓީ (އޭޕީ)ގައި 9،595 މެންބަރުން
  7. ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގައި 3،139 މެންބަރުން
  8. މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގައި 3،014 މެންބަރުން
  9. މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގައި 2،892 މެންބަރުން

ގާނޫނުގައި ބުނާގޮތުން ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ 10 ހާސް މެންބަރުން ހަމަވާ ޕާޓީތަކަށެވެ. އަދި ތިން ހާސް ހަމަނުވާ ޕާޓީތައް އުވާލާނެއެވެ.

މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ފައިސާ ލިބޭ އަދަދު ހަމަވަނީ ހަތަރު ޕާޓީގައެވެ. އެއީ އެމްޑީޕީ، ޕީޕީއެމް، ޖޭޕީ އަދި އެމްޑީއޭ އެވެ.

އެންމެ ފަހުގެ އަދާހަމައިން ދައްކާގޮތުގައި ޕީއެންސީ އާއި އެމްޓީޑީގައިވެސް ތިން ހާސް މެންބަރުން ހަމަވަނީ ހަމަ ކިރިޔާއެވެ. އެމްއާރްއެމްގައި އަދިވެސް ތިން ހާސް ހަމަނުވާކަމަށް ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް