ކޭޕާކް ރެސިޑެންޓްސް ފްލެޓްތަކުގެ މައްސަލައިގާ ޖިނާއީ ތަހުގީގެއް ހިންގަމުންދާ ހަސަން މަމްދޫހް (މަންޑޭ) ގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މިއަދު މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ކޭޕާކް މައްސަލައިގާ ތުހުމަތު ކުރެވޭ މަމްދޫހް ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރު މިއަދު ބާތިލުކޮށްފައިވާކަމަށެވެ.
ކްރިމިނަލް ކޯޓުން އެ އަމުރު ބާތިލުކޮށްފައިވާއިރު އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފްކޮށްދިނުމަށް ޕީޖީ އޮފީހުގައި ފުލުހުން އެދޭނެކަމުގައި ބުނެފައިވެއެވެ.
ކޯޓުން މިއަދު ބުނެފައިވަނީ މަންޑޭގެ ޕާސްޕޯޓް ދޫކޮށްލީ ޒަރޫރީ ބޭނުމުގައި ދަތުރު ކުރުމަށްޓަކައި ކަމަށާއި 45 ދުވަހުގެ ތެރޭގައި ދަތުރު ނިންމުމަށްފަހު ކޯޓަށް އަންގަން ޝަރުތުކޮށްފައިވާނެ ކަމަށެވެ.
ކޭޕާކް ރެސިޑެންސްގެ ގިނަ ފްލެޓްތަކެއް ހަންބޯ ކުންފުނީގެ މައި ހިއްސާދާރަށް ނޭނގި ވިއްކައި އެ ފައިސާ ބޭނުންކުރިކަމުގެ ތުހުމަތު މަންޑޭއަށް ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް