ސައިކަލް އެކްސިޑެންޓްގައި އަނިޔާވި ހަފީޒު އެއާ އެމްބިލުއާންސްގައި އިންޑިޔާއަށް ފުރުވާލައިފި

ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ގައުމީ ޔުނިވާސިޓީގެ ލެކްޗަރަރ އަލީ ހަފީޒުގެ އިތުރު ފަރުވާއަށް އިންޑިޔާއަށް ފުރުވާލައިފިއެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ މިދިޔަ މަހު 27ވަނަ ދުވަހުގ...

04 Jul 2023 | 10:51

ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ގައުމީ ޔުނިވާސިޓީގެ ލެކްޗަރަރ އަލީ ހަފީޒުގެ އިތުރު ފަރުވާއަށް އިންޑިޔާއަށް ފުރުވާލައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މިދިޔަ މަހު 27ވަނަ ދުވަހުގެ ފަތިސް ވަގުތުގައެވެ. އޭރުން ފެށިގެން ހަފީޒުގެ ހާލު އިތުރަށް ރަނގަޅު ނުވާކަމަށް އާއިލާއިން ބުނެއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތައް ކުރަމުން އަންނަ ހަފީޒް ގައިގައި ސައިކަލުން ޖެހުނީ ފަތިސް ނަމާދު ކޮށްގެން މިސްކިތުން ފައިބައިގެން ކަފިހި ހުރަހުން މަގު ހުރަސް ކުރަނިކޮށެވެ. ބާރު ސްޕީޑެއްގައި ދުއްވާފައި އައުމުން އެ ސައިކަލުގައި ޖެހި ހަފީޒް ވިއްސައިގެން ދިއުމުގެ ސަބަބުން ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފަ އެވެ.

އޭޑީކޭގރެ އައިސީޔޫގައި ހަފީޒަށް ފަރުވާދިނުމަށފަހު އިންޑިޔާއަށް ފުރުވާލާފައި ވާއިރު އަދިވެސް ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ. އެއާ އެންބިއުލާންސްގައި ހަފީޒު ފުރުވާލީ  އާއްމު އެއާލައިނެއްގައި ބޭރަށް ނުގެންދެވޭތީއެވެ.

ހަފީޒް ބޭރަށް ގެންދިއުމަށް އެއާ އެމްބިއުލާންސެއް ހޯދުމަށް ފައިސާގެ އެހީތެރިކަން ހޯދުމަށް ކުރި މަސައްކަތުން ގިނަ ބަޔަކު ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ހާދިސާގައި ސައިކަލު ދުއްވަން އިނީ ލައިސަންސް ނެތް މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާ މިހާރު ވަނީ ހައްޔަރު ކޮށްފައެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް