ސްވިޑަންގައި މުސްހަފު އެންދުމާ ގުޅިގެން ބޭއްވި އޯއައިސީގެ އެގްޒެކެޓިވް ކޮމިޓީގެ ކުއްލި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

އަޟްޙާ ޢީދުގެ ފުރަތަމަ ދުވަހު ސްވިޑެން ގައި މުޞްޙަފް އެންދުމާއި ގުޅިގެން އޯއައިސީގެ އެގްޒެކެޓިވް ކޮމިޓީއިން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. މި ބައްދަލުވުން ބާއްވާ...

04 Jul 2023 | 10:49

އަޟްޙާ ޢީދުގެ ފުރަތަމަ ދުވަހު ސްވިޑެން ގައި މުޞްޙަފް އެންދުމާއި ގުޅިގެން އޯއައިސީގެ އެގްޒެކެޓިވް ކޮމިޓީއިން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ބައްދަލުވުން ބާއްވާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

އަޟްޙާ ޢީދު ދުވަހާ ދިމާކޮށް ސްވިޑެންގައި މުޞްޙަފް އެންދުމާއިގުޅިގެން މިކަން އިތުރަށް ތަކުރާރު ވިޔަނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅެގޮތުން މަޝްވަރާކުރުމަށްޓަކައި އޯއައިސީގެ މައި މަރުކަޒުގައި ބޭއްވި އެ ޖަމުއިއްޔާގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް ކުއްލި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން އޯއައިސީއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަދި ދިވެހިރާއްޖޭގެ ފަރާތުން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލް މުޙައްމަދު ޚަލީލް ބައިވެރިވެ ވަޑައިގަތެވެ.

މި ބައްދަލުވުމުގައި ސްވިޑެންގައި މުޞްޙަފް އެންދި މައްސަލައާ ގުޅޭގިތުން އެ މަނިކުފާނު ވަނީ ތަޤްރީރު ކުރައްވާފައެވެ.

އެމަނިކުފާނުގެ ތަޤްރީރުގައި، އަޟްޙާ ޢީދު ދުވަހާ ދިމާކޮށް ސްވިޑެންގައި މުޞްޙަފް އަންދައި ހިންގައިފައިވާ މި ހަޑިހުތުރު އަމަލު ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަން ހާމަކުރެއްވިއެވެ. މީގެ އިތުރުން މިފަދަ އިޙްތިރާމް ކުޑަ ޢަމަލު ތަކުރާރުވުމަކީވެސް މުޅި ދުނިޔޭގެ އެތައް މިލިއަން މުސްލިމުންގެ ދީނީ ޝުޢޫރުތަކަށް އަނިޔާވާ ކަމެއް ކަމަށާއި، ހަމައެކަނި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ މައްޗަށް ބިނާކޮށް މިފަދަ އަމަލުތައް ހިންގުމަށް ހުއްދަ ދިނުމަކީ ބަލައިނުގަނެވޭނެ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.

އަދި އިސްލާމްދީނާ ދެކޮޅަށް ހިންގާ މިފަދަ ނަފްރަތު އުފެދޭ އަމަލުތައް ނިމުމަކަށް ގެނައުމަށްވެސް ދިވެހި ސަރުކާރުން ތަކުރާރުކޮށް ގޮވާލަމުންދާކަން ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް