ކައްދޫ އެއާޕޯޓާއި އައްޑޫ އެއާޕޯޓުގެ ދެ ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

ކައްދޫ އެއާޕޯޓްސް ކޮމްޕެނީއާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އައްޔަން ކޮށްފިއެވެ. މިކަން ހާމަކޮށް ޕްރައިވަޓައިޒޭޝަން އަދި ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ބުނެފައިވަނ...

04 Jul 2023 | 07:56

ކައްދޫ އެއާޕޯޓްސް ކޮމްޕެނީއާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އައްޔަން ކޮށްފިއެވެ.

މިކަން ހާމަކޮށް ޕްރައިވަޓައިޒޭޝަން އަދި ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ބުނެފައިވަނީ އެ ދެ ބޯޑަށް ދެ މެންބަރުން އައްޔަންކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ކަމަށެވެ.

އެގޮތުން، ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށް އައްޔަންކޮށްފައިވަނީ ސ.މަރަދޫ ފޭދޫ، ލަކްސަމީވިލާ ކާނަލް އަހުމަދު ޝަރީފް އެވެ. އަދި އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށްއައްޔަންކުރީ ސ. ފޭދޫ، ނޫކޮކާ ޝާތިފް އަލީ އެވެ.

ކައްދޫ އެއާޕޯޓުގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރި ކާނަލް ޝަރީފް ވަނީ އެމެރިކާގެ މެރިން ކޯ ޔުނިވާސިޓީން މާސްްޓާސް އޮފް މިލިޓަރީ ސައިންސަސް ހާސިލުކުރައްވައިފައިވާ ކަމަށް ޕީސީބީ އިން ބުނެފައިވެއެވެ. އަދި އޭނާ މީގެ ކުރިން އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި އެމްއެންޑީއެފްގެ އެކި މަގާމުތައް ހިމެނެ އެވެ. ހަމައެފަދައިން މި މަގާމަށް ފުރުއްވި އިރު މިހާރު ހުންނެވީ ޑިފެންސް މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ސްޓްރެޓެޖިކް ސެކިއުރިޓީ އެންޑް އެސެސްމަންޓް(ޑީއެސްއޭ)ގެޕްރިންސިޕަލް ޑިރެކްޓަރުގެ މަގާމުގަ އެވެ.

އައްޑޫ އެއާޕޯޓުގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނު ކުރެއްވި ޝާތީފް ވަނީ އޮސްޓްރޭލިއާގެ ނެޝަނަލް ޔުނިވާސިޓީން މާސްޓާސް އޮފް މެނޭޖްމަންޓް ހާސިލުކުރައްވައިފައިކަމަށް ޕީސީބީ އިން ބުނެފައިވެއެވެ. އަދި އޭނާ މީގެ ކުރިން އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފްމެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގެ ޑީންގެ މަގާމާއި ވެމްކޯގެ ބިޒްނަސް ޑިވޮލޮޕްމަންޓް މެނޭޖަރުގެ މަގާމު ހިމެނެ އެވެ،

އޭނާ މިހާރު ހުންނެވީ ވެމްކޯގެ ސަދަން އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރުގެ މަގާމުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް