ޝާފިއުގެ ދައުރު ހަމަވާތީ އެމްއެމްސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް މީޑިޔާ ކައުންސިލް މެމްބަރު މުހައްމަދު ޝާފިއުގެ މެމްބަރުކަމުގެ ދައުރު ހަމަވާތީ، އެ މަގާމަށް ކުރިމަތިލުމަށް އެމްއެމްސީން ހުޅުވާލައިފިއެވެ. ޝާފިޢު އެމްއެމްސީއަށް އައްޔަނު ކުރީ 2021 ސެޕްޓެމްބަރ...

04 Jul 2023 | 07:17

މޯލްޑިވްސް މީޑިޔާ ކައުންސިލް މެމްބަރު މުހައްމަދު ޝާފިއުގެ މެމްބަރުކަމުގެ ދައުރު ހަމަވާތީ، އެ މަގާމަށް ކުރިމަތިލުމަށް އެމްއެމްސީން ހުޅުވާލައިފިއެވެ.

ޝާފިޢު އެމްއެމްސީއަށް އައްޔަނު ކުރީ 2021 ސެޕްޓެމްބަރ 11 ވަނަ ދުވަހުއެވެ. އަދި އޭނާގެ ދައުރު ހަމަވާނީ މި އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހަށެވެ.

ކައުންސިލް މެންބަރެއްގެ އިތުރުން ޝާފިޢުއަކީ 6 ވަނަ ދައުރުގެ އިނާމް ކޮމެޓީގެ މުގައްރިރުކަމާއި، އެތިކްސް އެންޑް ލީގަލް ކޮމިޓީގެ މެންބަރުކަމާއި، އަދި 7 ވަނަ ދައުރުގެ އެތިކްސް އެންޑް ލީގަލް ކޮމިޓީގެ މުޤައްރިރުކަމާއި އަދި ޝަކުވާ ބަލާ ކޮމިޓީގެ މެންބަރެކެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން ޝާފިޢު ވަނީ ސަރުކާރާއި އަމިއްލަ އެކިއެކި މުއައްސަސާތަކުގައި 22 އަހަރު ދުވަހު މަސައްކަތްކުރައްވާފައެވެ. އެގޮތުން ޝާފިޢު މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަންގައި މެނޭޖަރ ކޯޕަރޭޓް މެނޭޖިން މަޤާމުގައެވެ. އަދި މީގެ އިތުރުން ޝާފިޢު ވަނީ ޕްރިންސިޕަލްކަމާއި، ހެޑްމާސްޓަރުކަންވެސް އަދާކުރަށްވާފައެވެ.

ޝާފިއު ވަނީ ސްރީލަންކާ ޔުނިވަރސިޓީން ޑިޕްލޮމާ އިން ސްކޫލް މެނޭޖްމެންޓް-އެންއައިއީ ޙާޞިލުކުރައްވާފައިވެއެވެ. އަދި ވިލާ ކޮލެޖުން ބެޗްލަރ އޮފް އެޑިއުކޭޝަނަލް އެޑްމިނިސްޓްރޭޝަން ހޯނަރ، ދިވްހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޕޯސްޓް ގްރެޖްއޭޓް ސެޓްފިކެޓް އޮފް އެޑިއުކޭޝަން އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މާސްޓަރ އޮފް އެޑިއުކޭޝަން މެނޭޖްމެންޓް އެންޑް ލީޑަރަޝިޕް ޙާޞިލުކުރައްވާފައެވެ.

މީޑިއާ ކައުންސިލުގެ މީޑިއާގެ މެންބަރުކަމަށް އެދޭ މީޑިއާތަކުން، މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން އެ މަގާމަށް އެދި ހުށަހެޅުމަށް އެމްއެމްސީން ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް