ދާރުލްއާސާރުގައި ދިދަ ތިރިކުރަން އުޅެނިކޮށް ވެއްޓި ކަރަށް އެއްޗެއް ހެރުނު ސެކިއުރިޓީ ގާޑަކަށް އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން އެބަ ގެންދެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބިދޭސީ އެމީހާއަކީ އެތަނުގެ ސެކިއުރިޓީ ގާޑެކެވެ. ވެއްޓި ކަރަށް އެއްޗެއް ހެރުމުގެ ސަބަބުން ހާލު ސީރިއަސްވެ އައިޖީއެމް ހޮސްޕިޓަލުގައި އޮޕަރޭޝަނެއް ކޮށްފައިވެއެވެ. މިހާރު ފަރުވާދެމުން އަންނަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.
އޭނާ ވެއްޓެން މެދުވެރިވީ ދިދަ ތިރިކުރަން އުޅުމުގެ ތެރޭގައި ދިދަ ތާށިވުމުން ގޮނޑިއަކަށް އަރައިގެންވެސް އަތް ފޯރާގޮތް ނުވުމުގެ ގޮނޑީގައި ހުރެ ފުންމަނިކޮށްކަމަށް މަންޒަރުދުއް މީހަކާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. އަދި ބެލެވޭގޮތުގައި ވެއްޓި އޭނާގެ ކަރު ހެރުނީ ދިދައިގެ ވާގަނޑު އައްސާ ދަގަނޑަށް ކަމުގައި ބެލެވޭ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ ހަވީރު 06:00 އެހާކަންހާއިރުގައެވެ. މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމުގައިވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް