މި އަހަރު ދިވެހި ރާއްޖެއިން ހައްޖަށްދިޔަ ހައްޖުވެރިންގެ އަމީރުލްހައްޖުގެ ގޮތުގައި ކަނޑައެޅުއްވި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް އޮފީހުން މިކަން ހާމަކޮށްފައިވާއިރު އަމީރުލްހައްޖު ހައްޖަށް ވަޑައިގެންނެވީ 22 ޖޫންގައެވެ.
ހައްޖަށް ވަޑައިގެން އަމީރުލްހައްޖު ދިވެހި ހައްޖުވެރިންނާއި ބައްދަލުކުރައްވަން ވަރަށް މަސައްކަތްޕުޅު ކުރެއްވިއެވެ. އެހެން ނަމަވެސް ނައިބުރައީސަކީ ގައުމުގެ ވެރިންގެ ފެންވަރުގެ ބޭފުޅަކަށް ވާތީ ސެކިއުރިޓީ ވަރުގަދަކަމުން ދިވެހި ހައްޖުވެރިންނާއި ނައިބު ރައީސަށް ބައްދަލުކުރެއްވޭ ގޮތެއް ނުވި އެވެ.
އަމީރުލްހައްޖު ރާއްޖެ ވަޑައިގެންފައިވާއިރު ދިވެހި ހައްޖުވެރިން ރާއްޖެ އަންނަން ފަށާނީ މި މަހުގެ ހަތެއް ވާ ހުކުރު ދުވަހު ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް