މިފްކޯއަށް ކިރުވާ މަހަށް 26 އިންސައްތައިގެ ކުރިއެރުމެއް

މިފްކޯއަށް ކިރުވާ މަހަށް26 އިންސައްތައިގެ ކުރިއެރުމެއް އަތުވެއްޖެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. މިފްކޯއިން ކޮންމެ ހަފްތާއަކު އަދާހަމަކުރާ ތަފާސްހިސާބުން ދައްކާ ގޮތުގައި، މި އަަހަރުގެ ޖަނަވަރީއިން ފ...

04 Jul 2023 | 05:11

މިފްކޯއަށް ކިރުވާ މަހަށް26 އިންސައްތައިގެ ކުރިއެރުމެއް އަތުވެއްޖެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިފްކޯއިން ކޮންމެ ހަފްތާއަކު އަދާހަމަކުރާ ތަފާސްހިސާބުން ދައްކާ ގޮތުގައި، މި އަަހަރުގެ ޖަނަވަރީއިން ފެށިގެން ޖޫންގެ ނިޔަލަށް މަސް ކިރުވި މިންވަރު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 26 އިންސައްތަ އިތުރު ވެފައެވެ.

އެގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު މިފްކޯގެ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އަށް 4710 މެޓްރިކް ޓަނުގެ މަސް ކިރުވާފައި ވާއިރު މި އަހަރުގެ އެ މުއްދަތުގައި ވަނީ 4844 މެޓްރިކްޓަނުގެ މަސް ކިރުވާފައެވެ. މިއީ ތިން އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ހަމަހުގައި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް 24102 މެޓްރިކްޓަނުގެ މަސްކިރުވާފައި ވެއެވެ. އަދި މި އަހަރުގެ އެ މުއްދަތުގައި 30412 މެޓްރިކްޓަނުގެ މަސް ކިރުވިއިރު އެއީ 26 އިންސައްތައިގެ ކުރިއެރުމެކެވެ.

އެންމެ ބޮޑު ކުރިއެރުމެއް ލިބުނު އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ކިރުވާފައި ވަނީ 2595 މެޓްރިކް ޓަނުގެ މަހެވެ. މި އަހަރުގެ އެ މުއްދަތުގައި 4351 މެޓޤރިކްޓަނުގެ މަސް ކިރުވިއިރު، އެއީ 68 އިންސައްތައިގެ ކުރިއެރުމެކެވެ.

ޖުމުލަކޮށް ބަލާއިރު މިދިޔަ އަހަރުގެ ފުރަތަމަ ހަމަހު މިފްކޯއިން 31408 މެޓްރިކްޓަނުގެ މަސް ކިރުވިއެވެ. މި އަހަރުގެ އެ މުއްދަތުގައި39607 މެޓްރިކްޓަނުގެ މަސް ވަނީ ކިރުވާފައެވެ. އެއީ 26 އިންސައްތައިގެ ކުރިއެރުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް