ޖުމުލަ 32 މީހުންނާއެކު ދަތުރު ކުރަނިކޮށް ކަނޑުމަތިން އިންޖީނު ހުއްޓުނު ދޯންޏަކަށް އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީިފިއެވެ.
އެމްއެންޑީއެފްއިން ބުނީ، ނ.އަތޮޅުން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް ތެޔޮ ހުސްވެ، އިންޖީނު ހުއްޓުނު ދޯންޏެއްގައި ތިބި މީހުން ރޭ އެމްއެންޑީއެފް ކޯސްޓްގާޑުން ހުޅުމާލެ ގެންގޮސްދީފައިވާ ކަމަށެވެ.
"ފަހި ރޯދި" ނަމަކަށް ކިޔާ މި ދޯނި، މާލެ އަތޮޅު މަކުނުދޫ ރިސޯޓު ކައިރިން ތެޔޮ ހުސްވެގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓުކޮށްފައިވަނީ ރޭ 21:00 ހާއިރު ކަމަށާއި މި ހާދިސާގެ ރިޕޯޓު ލިބުމާއެކު އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ނޫރައްދީން އެ ސަރަހައްދަށް ދިޔަ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދިނެވެ.
އެމްއއެންޑީއެފްއިން ބުނީ، ޖުމްލަ 32 މީހުންނާއެކު ދަތުރުކުރަމުން ދިޔަ އެ ދޯނި އޮތް ސަރަހައްދަށް، ކޯސްޓްގާޑް ނޫރައްދީން ދެވުމުން، އެ ދޯނީގައި ތިބި 12 ކުޑަކުދިންނާއި، ހަތް އަންހެނުންނާއި، ތިން ފިރިހެނުން ކޯސްޓްގާޑް ނޫރައްދީންއަށް ނަގައި، ރޭ 10:45 ހާއިރު ހުޅުމާލެއަށް ގެންގޮސްދީފައިވާއިރު، ބާކީ 10 މީހުން ވަނީ ދޯނީގައި މަޑުކޮށްފައި ކަމަށެވެ.
އެ ދޯނިން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދިނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް