މި ތިން ރެއަކީ ހަނދު ބޮޑު ތިން ރޭ – މިއީ މި އަހަރުގެ ބަކް މޫން

މިއީ މި އަހަރު ހަނދު ދުނިޔެއާއި އެންމެ ގާތްވެފައިވާ ވަގުތު ކަމަށާއި ރޭ ހިމެނޭހެން ކުރިއަށް މިއޮތް ތިން ރޭގައި ދުނިޔެއަށް ފުލް މޫން ފެންނާނެ ކަމުގައި ނާސާއިން ބުނެފިއެވެ. މިއީ މި އަހަރުގެ ބަކް މޫން އެވ...

04 Jul 2023 | 00:59

މިއީ މި އަހަރު ހަނދު ދުނިޔެއާއި އެންމެ ގާތްވެފައިވާ ވަގުތު ކަމަށާއި ރޭ ހިމެނޭހެން ކުރިއަށް މިއޮތް ތިން ރޭގައި ދުނިޔެއަށް ފުލް މޫން ފެންނާނެ ކަމުގައި ނާސާއިން ބުނެފިއެވެ.

މިއީ މި އަހަރުގެ ބަކް މޫން އެވެ. ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އާއްމުކޮށް ހަނދު ފެންނަ ވަރަށްވުރެ މާ ބޮޑުކޮށް އަދި އަލި ގަދަކޮށް ފެންނަން ހުންނާނެއެވެ.

މި އަހަރު ޖުމްލަ 13 ފުލް މޫން އަންނައިރު މިއީ ހަތް ވަނަ ފުލް މޫން އެވެ. ހަތްވަނަ ފުލް މޫން އަށް ބަކް މޫންގެ ނަމުން ނަން ދީފައިވާއިރު ބަކް މޫން މި ނަން ދީފައިވަނީ މިހިނގާ ޖުލައި މަހަކީ ފިރިހެން ފުއްލާ (ބަކް) އޭގެ ދަޅު އަލުން ފަޅާ ދުވަސްވަރަށް ވާތީ އެކަމާއި ގުޅުވައެވެ. މި ފުލް މޫން އަށް ކިޔާ ބައެއް އިތުރު ނަންތަކުގެ ތެރޭގައި ތަންޑަރ މޫންވެސް ކިޔާ އުޅެއެވެ. އެއީ މިދުވަސްވަރަކީ މޫސުން އާއްމުގޮތެއްގައި ގޯސްވާ ދުވަސްވަރަކަށް ވާތީއެވެ. މީގެ ހޭ މޫންވެސް ކިޔާ އުޅެއެވެ. އެއީ މި މަހަކީ ދަނޑުގޮވާން ފައްކާވާ މަހަށް ވާތީއާވެސް އެކީގައެވެ.

މި ތިން ރޭގައި ފުލްމޫން ފެންނާނެ ކަމަށް ބުނެފައިވީނަމަވެސް ރާއްޖެ ސަރަހައްދަށް މި ދުވަސްވަރަކަށް ވިއްސާރަ ވިލާ ބޯ، ވިއްސާކުރަމުން އަންނަ ދުވަސްތަކަކަށް ވާތީ ފުލް މޫން ފެނުމުގެ ފުރުސަތު ކުޑަވެދާނެއެވެ. އެހެން ނަމަވެސް މިއަދުން ފެށިގެން މޫސުން އަލިވާން ފަށާނެކަމަށް އިއްޔެ މެޓުން ބުނެފައިވާއިރު މި ފުލް މޫންވެސް ރާއްޖެއަށް ފެނުމުގެ ފުރުސަތު އޮވެދާނެއެވެ.

މިހާރު އެ ހުންނަނީ ފުލް މޫން ކަމުގައިވާއިރު މި އަހަރުގެ ފުރަތަމަ ސުޕަރ މޫންވެސް އޮތީ ދުރަކު ނޫނެވެ. އޯގަސްޓް އެކެއްގައި މި އަހަރުގެ ފުރަތަމަ ސުޕަރ މޫން (ސްޓާޖިއަން މޫން) ފެންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް