އެރިކްސަން ޔުނައިޓެޑަށް ބަދަލުވާން އެއްބަސް ވެއްޖެ

ބްރެންޓްފޯޑަށް ކުޅެމުން އައި ޑެންމާކުގެ އެޓޭކިން މިޑްފީލްޑަރ ކްރިސްޓަން އެރިކްސަން މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވާން އެއްބަސްވެއްޖެއެވެ. ރިޕޯޓުތައް ބުނާ ގޮތުން އެރިކްސަން ޔުނައިޓެޑާ ގުޅެން ނިންމީ ހި...

04 Jul 2022 | 12:34

ބްރެންޓްފޯޑަށް ކުޅެމުން އައި ޑެންމާކުގެ އެޓޭކިން މިޑްފީލްޑަރ ކްރިސްޓަން އެރިކްސަން މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެރިކްސަން ޔުނައިޓެޑާ ގުޅެން ނިންމީ ހިލޭ ޓްރާންސްފާގެ ދަށުން ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މި ހަފްތާތެރޭގައި އެރިކްސަން ޔުނައިޓެޑާއި އެކު އެއްބަސްވުމުގައި ސޮއިކުރަން ނިންމާފައިވާއިރު، އެރިކްސަންގެ މެޑިކަލް ޓެސްޓުތައް ވެސް ވަރަށް އަވަހަށް ހަދާނެއެވެ. އަދި މެޑިކަލް ޓެސޓުތަކަށް ފަހު އެރިކްސަން ޔުނައިޓެޑުގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް އިއުލާނު ކުރުން ވެސް މި ހަފްތާގެ ތެރޭގައި އޮންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެރިކްސަންގެ އިތުރުން ފަޔެނޯޑްއަށް ކުޅެމުންއައި ޓައިރެލް މަލާސިއާގެ ޑީލްވެސް ޔުނައިޓެޑުން މިހާރު ވަނީ ނިންމާފައެވެ. އަދި މީގެ އިތުރުން އަޔެކްސް އަށް ކުޅެމުން އަންނަ ބްރެޒިލް ވިންގަރ އެންޓޯނީ އަދި ޕައުލޯ ޑިބާލާ ހޯދުމުގެ މައްސައްކަތް ވެސް ޔުނައިޓެޑުން އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން ޔުނައިޓެޑުން އަންނަނީ މިއަންނަ ސީޒަން ފެށެންވާއިރަށް ރަނގަޅު ކުޅުންތެރިން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް