އިއްޒަތާ އިލްމާ މުދަލާ ދެއްވި، މިއަދު އެ ގެންދެވީމާވެސް ޝުކުރުކޮށް ކެތްކުރާނަން: ކާނަލް ނަޝީދު

އިލްމާ މުދާވެސް ލިބިލެއްވި ކަމަށާއި މިއަދު އެ ގެންދެވީމާވެސް ޝުކުރުކޮށް ކެތް ކުރާނޭ ކަމުގައި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހަންމަދު ނަޝީދު (ކާނަލް ނަޝީދު) ބުނެފިއެވެ. ނަޝީދު މިހެން ބުުނެފައިވަ...

04 Jul 2022 | 09:08

އިލްމާ މުދާވެސް ލިބިލެއްވި ކަމަށާއި މިއަދު އެ ގެންދެވީމާވެސް ޝުކުރުކޮށް ކެތް ކުރާނޭ ކަމުގައި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހަންމަދު ނަޝީދު (ކާނަލް ނަޝީދު) ބުނެފިއެވެ.

ނަޝީދު މިހެން ބުުނެފައިވަނީ ލިވާތު ކޮޓަރިއަށް އޭނާ ދިޔައީ ބިޒްނަސް މީޓިންނަކަށް ކަމަށް ބުނެފައިވަނިކޮށް އިތުރު ވީޑިއޯއެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

މިފަަހަރުވެސް އެކަމަށް ކާނަލް ނަޝީދު އިންކާރެއް ނުކުރެއެވެ.

ކާނަލް ނަޝީދު އޭނާގެ ފޭސްބުކްގައި ބުނެފައިވަނީ މާތްﷲ އިރާދަކުރެއްވި މީހަކު މަތިވެރިކުރައްވާ ޢިއްޒަތްތެރި ކުރައްވާކަމަށާއި އެކަލާންގެ އިރާދަކުރެއްވި މީހަކު ނިކަމެތި ކުރައްވާކަމަށެވެ. އެކަލާންގެ އެއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެ ކަަމަށާއި އިއްޔެ އެކަލާންގެ "މި" އަޅާ އަށް ޢިއްޒަތްތެރި ކަމާ ޢިލްމާ މުދަލާ ދެއްވި ކަމަށެވެ. މިއަދު އެ ގެންދެވީމާވެސް އެކަމަށް ޝުކުރު ކޮށް ކެތްކުރާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް