ކުނިވާޒާތުގެ ކުނި ކަނޑަށް އެޅުމުން ނަކައި އަލިމަތާ ރިސޯޓު ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވ. އަލިމަތަ ރަށުގައި ހިންގަމުންދާ ނަކައި އަލިމަތާ ރިސޯޓު ޖޫރިމަނާކުރީ 312,750 (ތިންލައްކަ ބާރަހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާއިންނެވެ. އެއީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ، ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ 16 ވަނަ މާއްދާގެ ދަށުންނެވެ.
އީޕީއޭއިން ބުނީ އަލިމަތަ ރަށުގައިވާ ނަކައި ރިސޯޓު ގުރޫޕުގެ ނަކައި އަލިމަތާ ރިސޯޓުން ކުނިވާޒާތުގެ ކުނި ކަނޑަށް އެޅުމުން، ކުނި މެނޭޖުކުރުމާބެހޭ ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ ކުނި މެނޭޖުކުރުމުގެ މިންގަނޑުތަކާ ޚިލާފުވެފައިވާ ކަމަށެވެ.
ޖޫރިމަނާގެ ފައިސާ އެ އެޖެންސީއަށް 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް އެފަރާތަށްވަނީ އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް