މުހިންމު މުއާމަލާތްތައް މި ހަފްތާގައި ނިންމާލުމަށް ބީއެމްއެލްއިން އެދިއްޖެ

ޢީދަށް ބޭންކުތައް ބަންދުވާނެތީ މުހިންމު މުއާމަލާތްތައް މި ހަފްތާގައި ނިންމާލުމަށް ބޭންްކް އޮފް މޯލްޑިވްސް އިން އެދިއްޖެ އެވެ. ބޭންކުން މިކަމަށް އެދިފައިވަނީ މި މަހުގެ 10 އިން 14 އަށް ބޭންކުތައް ބަންދު...

04 Jul 2022 | 06:35

ޢީދަށް ބޭންކުތައް ބަންދުވާނެތީ މުހިންމު މުއާމަލާތްތައް މި ހަފްތާގައި ނިންމާލުމަށް ބޭންްކް އޮފް މޯލްޑިވްސް އިން އެދިއްޖެ އެވެ.

ބޭންކުން މިކަމަށް އެދިފައިވަނީ މި މަހުގެ 10 އިން 14 އަށް ބޭންކުތައް ބަންދުވާނެކަން މޯލްޑިވްސް މަނިޓޮރީ އޮތޯރިޓީން އިއުލާނުކޮށްފައިވާތީ ރައްޔިތުންގެ ސަމާލުކަމަށް ނެރެފައިވާ ނޯޓިސްއެއްގައެވެ.

ބޭންކުން ބުނެފައިވަނީ ޢީދު ބަންދަށް ބަންދުވުމށްފަހު ބޭންކް ހުޅުވޭނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.

https://twitter.com/bankofmaldives/status/1543822625444876289

އެ މުއްދަތުގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތަކުން، ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމުގެ އިތުރުން ޓްރާންފަރ ކުރުމުގެ ހިދުމަތް ކޮންމެ ދުވަހަކު 24 ގަޑިއިރު ލިބެމުންދާނެކަން ބޭންކުން ފާހަގަކުރެއެެވެ. އަދި ދުވަހުގެ ބޭންކިން ބޭނުންތަކަށް އިންޓަނެޓް ބޭންކިން އާއި ބޭންކުގެ މޯބައިލް އެޕް ހިޔާރުކުރުމަށް ބޭންކުން ހިތްވަރު ދެއެވެ .

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް