ދުވަހުގެ މޫސުން: އުތުރާއި މެދަށް ވިއްސާރަ ދެކުނަށްވެސް ކެރީގެ އަސަރު ކޮށްފާނެ

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު ރާއްޖޭގެ އުތުރުގެ އަތޮޅުތަކާއި މެދުރާއްޖޭގެ އަތޮޅުތަކަށް ވިިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުކޮށް ގުގުރުން އ...

04 Jul 2022 | 02:20

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު ރާއްޖޭގެ އުތުރުގެ އަތޮޅުތަކާއި މެދުރާއްޖޭގެ އަތޮޅުތަކަށް ވިިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުކޮށް ގުގުރުން އެކަށީގެންވާކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރ (މެޓް) އިން މިހެން ބުނެފައިވަނީ މިއަދު އިރުއޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެެވެ.

މޫސުމީ މި ބުލެޓިންގައި ބުނެފައިވާގޮތުގައި ހުޅަނގާއި ހުޅަނގުއުތުރުން މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް، ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް، ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް ބުނެފައިވެއެވެ.

ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެކަމަށް ބުނެފައިވާއިރު އުތުރާއި މެދުރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް ބުނެފައިވެއެވެ.

ރާޅުގެ އުސްމިން މިއަދު ހުންނާނެކަމަށް ލަފާކޮށްފައިވަނީ ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގެ އުސްމިނެއްގައެވެ.

މެޓުުން އިތުރަށް ބުނެފައިވަނީ ދިޔަވަރު ބޮޑުވަ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް