ސެޓެލައިޓް ސްކޫލްގެ ގޮތުގައި ވ.ރަކީދޫ އާއި ތިނަދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ދެ ކުންފުންޏަކާއި ހަވާލު ކޮށްފި އެވެ.
ރަކީދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލު ކުރީ އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެވެ. ތިނަދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިލްވާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި އެވެ.
މި އެއްބަސްވުންތަކުގައި އެޑިއުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު އެވެ. އެސްބްރޯގެ ފަރާޓުން ޑިރެކްޓަރު ހަސަން މުހައްމަދު ތަވީލް ސޮއި ކުރެއްވި އިރު ސިލްވާ ގްރޫޕުގެ ފަރާތުން ސޮއި ކުރެއްވީ ޕްރޮޖެންޓް މެނޭޖަރު މުހައްމަދު އަމީން އިބްރާހީމެވެ.
ރަކީދޫ ސްކޫލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2.8 މިލިއަން ރުފިޔާއަށެވެ.
ތިނަދޫ ސްކޫލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 1.3 މިލިއަން ރުފިޔާއަށެވެ.
ސެޓްލައިޓް ސްކޫލު ޕްރޮޖެކްޓަކީ މި ސަރުކާރުން އަލަށް ހިންގާ މަޝްރޫއު އެކެވެ. މި މަޝްރޫއުގެ ދަށުން ސެޓްލައިޓް ސުކޫލު ގާއިމުންކުރުމަށް ބޭނުންވާ 72 ޓެބްލެޓް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިދިޔަ މަހު އިއުލާނުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް