މިރޭ 11 އިން މިރޭ ފަތިހު ހަތަރަކަށް މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކެނޑޭނެ ކަމުގައި އެމްޑަބްލިއުއެސްސީން ބުނެފިއެވެ.
އެގޮތުން އެމްޑަބްލިއުއެސްސީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މި ގަޑިތަކުގައި އިއްޒުއްދީނުމަގާއި ހަނދުވަރީ ހިގުމާއި ދެމެދުން ފްލޫނިޔާ މަގުގައި ހިމެނޭ ސަރަހައްދުގެ ހުރިހާ ގޭބިސީއަކުން އެވަގުތު ފެންކެނޑޭނެ ކަމަށެވެ.
އެ ވަގުތުގައި ފެން ކަނޑާލަނީ މާލޭ ސިޓީ ކައުންސިލުން ކުރިއަށްގެންދާ "ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް"ގެ ދަށުން މިހާރު މަސައްކަތް ކުރަމުން އަންނަ ސަރަހައްދުގެފެންހޮޅި ގުޅާލުމުގެ މަސައްކަތް ކުރުމުގެ ގޮތުން ކަމަށް ބުނެފައިވެއެވެ.
ފެނުގެ ޚިދުމަތް މެދުކެނޑިފައިވާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެކުންފުނިންވަނީ މަޢާފަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް