ލިޓަސް ކޮންސްޓަކްޝަނުން ހުޅުމާލޭ ހިޔާ ފްލެޓުތަކަށް ހާއްސަކޮށް "ހިތްގައިމު ދިރިއުޅުން" ގެ ނަމުގައި ހާއްސަ ޕެކޭޖެއް ތައާރަފުކޮށްފި އެވެ.
ލިޓަސްއިން ބުނީ މި ޕެކޭޖުގައި އެކުލެވޭނީ ފްލެޓުތަކުގެ ނުނިމި ހުރި މަސައްކަތްތައް ކޮށްދިނުމުގެ ޕެކޭޖެއް ކަމަށެވެ. މި ޕެކޭޖަކީ އިސްލާމީ ޝަރީއާ ހުއްދަކުރާ ގޮތަށް ފަރުމާކޮށްފައިވާ ޕެކޭޖެކެވެ.
މި ޕެކޭޖު ނަގާ ފަރާތްތަކުން ފައިސާ ދައްކަން ޖެހެނީ 48 މަހަށް ބަހާލައިގެންނެވެ.
ލިޓަސް ކޮންސްޓްރަކްޝަނުން މަސައްކަތް ކޮށްދިނުމަށް ހަމަޖެހިފައިވަނީ 700 ފްލެޓުގައި އެވެ. އެ ކުންފުނިން ބުނީ މަސައްކަތް ކޮށްދޭނީ ފުރަތަމަ އެކަމަށް އެދޭ ތަރުތީބުމުން 700 ފަރާތަށް ކަމަށެވެ. އިތުރު މައުލޫމާތު ހޯދަން 7978339 ނަމްބަރަށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.
ލިޓަސް ގްރޫޕުގެ ޑިރެކްޓަރު އޮފް ސޭލްސް އެންޑް މާކެޓިން އާސިފް ރަޝީދު ވިދާޅުވީ މި ޕެކޭޖު ތައާރަފު ކުރުމުގެ އަމާޒަކަށްވީ ވީހާވެސް ލުއިގޮތެއްގައި ފިނިޝިން ނިންމާލައި ހިތްހަމަޖެހިލައިގެން އަމިއްލަ ފްލެޓަށް ބަދަލުވާނެ ތަނަވަސް ފުރުސަތެއް ހޯދައި ދިނުން ކަމަށެވެ. މި ޕެކޭޖުތައް ފަރުމާކުރެވިފައިވަނީ ގިނަ ބައެއްގެ ލަފާ ހޯދައިގެން ކަމަށް ވިދާޅުވި އެވެ.
އެ ކުންފުނިން ބުނީ މި ޕެކޭޖަކީ ބޮލުގަ ރިހުން ކުޑަ ހަރަދާއި ފެންވަރު ރަނގަޅު ދެކޮޅު ޖެހޭ ޕްލޭނެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް