މާލެއާއި ހުޅުމާލޭގެ މީރާގެ ކަލެކްޝަން ސެންޓަރުތައް ހުޅުވައިފި

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ން މާލެ އާއި ހުޅުމާލޭގައި ހިންގާ ކަލެކްޝަން ސެންޓަރުތައް ހުޅުވައި މިހާރު ޚިދުމަތް ލިބޭނެކަމަށް އެއިދާރާއިން ބުނެފިއެވެ. މީރާއިން ނެރުނު ބަޔާނެއްގައި ބުނީ ...

04 Jul 2021 | 10:07

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ން މާލެ އާއި ހުޅުމާލޭގައި ހިންގާ ކަލެކްޝަން ސެންޓަރުތައް ހުޅުވައި މިހާރު ޚިދުމަތް ލިބޭނެކަމަށް އެއިދާރާއިން ބުނެފިއެވެ.

މީރާއިން ނެރުނު ބަޔާނެއްގައި ބުނީ ކޯވިޑް-19 އާ ގުޅިގެން މާލެ ސަރަޙައްދުގައި ހުންނަ އެ އިދާރާގެ ކަލެކްޝަން ސެންޓަރުތަކުގެ ކައުންޓަރުތަކުން ޚިދުމަތް ދިނުން މެދުކަނޑާލާފައި އޮތް އޮތުން މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ކައުންޓަރުތަކުން ޚިދުމަތްދިނުން މެދުކަނޑާލީ މާލެ ސަރަހައްދުގެ ކޮވިޑްގެ ހާލަތު ގޯސްވުމުން ކަމަށާއި ނަމަވެސް ހާލަތު ބަދަލުވެ ސަރުކާރުން ދިން ލުއިތަކާއެކު އެ އިދާރާއިން ޚިދުމަތްދޭގޮތް ބަދަލުކުރަން ނިންމީ ކަމަށެވެ.

މީރާއިން ބުނީ މިހާރު އެ އިދާރާގެ ޓެކްސް ޕޭޔަރ ސާވިސް ސެންޓަރާއި ހުޅުމާލޭ ކަލެކްޝަން ސެންޓަރުން ޚިދުމަތް ލިބޭނެ ކަމަށާއި ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު 09:00ން މެންދުރު 01:00ށް ކަމަށެވެ.

ޚިދުމަތް ދެމުންދާނީ ކިއު ނަންބަރު ދޫކޮށްގެން ނަންބަރު ދޫކުރެވޭ ތަރުތީބުން ކަމަށާއި ނަންބަރު ދޫކުރާނީ މީރާގެ މޯބައިލް އެޕްލިކޭޝަން އަދި "ކިއުބީ" އެޕްލިކޭޝަން މެދުވެރިކޮށް ކަމަށް މީރާއިން ބުނެއެވެ. އޮންލައިންކޮށް އެޕޮއިންޓްމެންޓް ނުހެއްދޭ ނަމަ މީރާއަށް ގުޅައިގެން ނަންބަރު ނެގުމުގެ އިންތިޒާމްތައް އެ އިދާރާއިން ވަނީ ހަމަޖައްސާފައެވެ.

އެ އިދާރާއަށް ޚިދުމަތް ހޯދަންދާއިރު، ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވާއިރު، އެ އިދާރާއިން އޮންލައިންކޮށް ފޯރުކޮށްދެމުން އަންނަ ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް