ބ. ތުޅާދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދިރިނޫޅެވޭ ވަރަށް އަނދައި އަޅިއަށް ވެއްޖެ އެވެ.
މިއަދު ހެނދުނު ހިނގި މި އަލިފާނުގެ ހާދިސާގައި އަނދައިގެން ގޮސްފައި ވަނީ އެ ރަށު ގުލްޝަނީހިޔާ އެވެ.
ތުޅާދޫ ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި އަލިފާން ރޯވި ވަގުތު އެ ގޭގައި އެއްވެސް މީހަކު ނޫޅޭތީ މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ގޭގައި ހިފާ ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރުފަދަ ތަކެތި ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައި ވެއެވެ.
މައުޅޫމާތު ލިބޭ ގޮތުގައި، އެގޭގައި ދިރިއުޅެނީ ދެމަފިރިޔަކާއި ކުޑަ ދެކުދިންނެވެ. އަލިފާނަށް ފަފަހު އެމީހުން ވަނީ އާއިލާ މީހެއްގެ ގެއަށް ބަދަލުވެފަ އެވެ. އެ އެގޭގެ އަސްލު ވެރިން ދިރިއުޅެނީ މާލޭގަ އެވެ.
އަލިފާން ނިއްވާލީ އެ ރަށުގެ ރައްޔިތުން ނުކުމެ ކުރި މަސައްކަތުންނެވެ. އަލިފާން ރޯވި ގޭގައި ފުލުހުންނާއި ކައުންސިލްގެ މުވައްޒަފުން ހަރަކާތްތެރިވާ ކަމަށް ޚަބަރު ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް