ރާއްޖެ އަންނަ ބިދޭސީން ކަރަންޓީނުވާނެ ތަންތަން ހޯދަނީ

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީން ކަރަންޓީނުވުމަށް ހޮޓެލް/ ގެސްޓް ހައުސް ފަދަ ތަންތަން ހަމަޖައްސަން ބޭނުންވާތީ އެކަމަށް ޝައުގުވެރިވާ މީހުން ހޯދުމަށް ހެލްތު މިނިސްޓްރީން އިއްޔެ އިއުލާނ...

04 Jul 2021 | 09:49

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީން ކަރަންޓީނުވުމަށް ހޮޓެލް/ ގެސްޓް ހައުސް ފަދަ ތަންތަން ހަމަޖައްސަން ބޭނުންވާތީ އެކަމަށް ޝައުގުވެރިވާ މީހުން ހޯދުމަށް ހެލްތު މިނިސްޓްރީން އިއްޔެ އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ ރާއްޖެ އިން ބޭރުން އަންނަ މީހުން ކަރަންޓީނުކުރުމަށް ބޭނުންވާ ތަންތަން ހަމަޖެއްސުމަށް ޝައުގުވެރިވާ މީހުންނަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 2:00 އާ ދެމެދު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) (ދަރުބާރުގެ) އަށް މާދަމާ އިން ފެށިގެން ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށެވެ.

ބޭރުން ވަޒީފާ އަދާކުރަން އަންނަ މީހުން ކަރަންޓީނުވާނެ ތަންތަން ދިނުމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުން ނަމަ، [email protected] އަށް މެއިލްކުރުމަށް ވެސް މިނިސްޓްރީން އެދެ އެވެ.

މީގެ ކުރިން ވެސް ރާއްޖެ އިން ބޭރުން އަންނަ މީހުން ކަރަންޓީނުވުމަށް ބޭނުންވާ ތަންތަން ހޯދުމަށް ކުރިން ވެސް ހެލްތު މިނިސްޓްރީން އިއުލާނުކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް