ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރެއް ނުދި ނެވެ.
އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހެއްޓުމުގެ އަމުރު ނެރެދިނުމަށް ފުލުހުން މެދުވެރިކޮށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި އެދުނީ މިދިޔަ މަހުގެ23 ވަނަ ދުވަހު އެވެ. އެކަމަކު މިއަދާއި ހަމައަށް އެ އަމުރު އޮތީ ނުނެރެދީ އެވެ.
ޕީޖީ ހުސައިން ޝަމީމު މިއަދު އޭނާގެ ބްލޮގުގައި އާންމު ކުރެއްވި އޯޑިއޯ ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ގާޒީ ހަސަން ސައީދު އެ އަމުރު ނެރެ ނުދެއްވީ، ޕާސްޕޯޓް ހިފެހެއްޓުމުގެ މަގުސަދެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާތީ ކަމަށެވެ. އަލީ ވަހީދަކީ ކޯޓުތަކަށް ފިއްލަވައިގެން އުޅުއްވާ މީހެއް ކަމަށް ވާތީ، އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ޖެހޭ ސަަބަބު އެބަ އޮތް ކަމަށް ޕީޖީ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.
އަލީ ވަހީދުގެ މައްޗަށް ވަނީ ހަތް ދައުވާއެއް އުފުލާފައި އެވެ. އެއީ އޭނާ ޓޫރިޒަމް މިނިސްޓަރުގ ކަމުގައި ހުންނެވި އިރު މުވައްޒަފުންތަކަކަށް ޖިންސީ ގޮނާ ކުރި މައްސަލައިގަ ތުހުމަތު ކުރާ މައްސަލަތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް