ޅައިމަގު އައު ހާބަރު ބޭސިން ފުންކުރުމުގެ 88 އިންސައްތަ މަސައްކަތް ނިމިއްޖެ

ށ. ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 88 އިންސައްތަ ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިނ...

04 Jul 2021 | 09:18

ށ. ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 88 އިންސައްތަ ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ބޮޑުހިލަ ބޭނުންކޮށްގެން 350 މީޓަރ ބޭރު ތޮށި ހެދުމާއި، 276 މީޓަރ އެއްގަމު ތޮށި ހެދުމާއި، 10 މޫރިން ބުލޮކް ލުމާއި، 14 ބަނދަރު ބައްތި ހަރުކުރުމާއި، 2 ނެރުބައްތި ހަރުކުރުމާއި، 1380 ސްކެއަރ މީޓަރ ޕޭވްމަންޓްއެއް ހެދުމާއި، 25000 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި، 6000 ކިއުބިކް މީޓަރ ނެރު ފުންކުރުމާރި، 500 މީޓަރ ރިވެޓްމަންޓް ޖެހުމާއި، ރޭމްޕެއް ހެދުމާއި 50 މީޓަރުގެ ގުރޯއިން ޖެހުން ހިމެނެއެވެ.

56,321,095.38 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 480 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، ފާޠިމަތު ޝާނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީ.އީ.އޯ، ޝާހިދު ހުސެއިން މޫސާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް