މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ދެމުން ދިޔަ ދަތުރުފަތުރުގެ ޚިދުމަތްތައް ނިމުމަކަށް ގެނެސް އެ ކުންފުނީގެ އަމާޒު ޕޯޓުތައް އިތުރަށް ހަރުދަނާކުރުމަށް ހިފައިފިއެވެ.
އެމްޕީއެލްގެ ސީއީއޯ ޝަހިދު ޢަލީ ވިދާޅުވީ، ޓްރާންސްޕޯޓް ސެކްޓާރއާ ވަކިވެގެން މި ދަނީ ކުންފުނީގެ މެންޑޭޓްގައި އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ހުރި މަސައްކަތްތައް ކުރުމަށް ކަމަށެވެ. އެ ގޮތުން މާލޭ ކޮމާޝިއަލް ހާބަރުގައި ދެވޭ ޚިދުމަތްތައްކާއި ހުޅުމާލޭ ޓާމިނަލްގައި ދެވޭ ޚިދުމަތްތައް އަދި ކުޅުދުއްފުށީ ޕޯޓުން ދެވޭ ޚިދުމަތްތަކުގެ އިތުރަށް ހިތަދޫ އިންޓަނޭޝަނަލް ޕޯޓުން ދެވޭ ޚިދުމަތްތައް ފުޅާކޮށް، މިހާރަށް ވުރެ ފުޅާ ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
https://twitter.com/Portmv/status/1411583912371843072
މީގެ އިތުރުން މިހާރު ކުރިއަށްދާ ގުޅިފަޅު ޕޯޓުގެ ޕްރޮޖެކްޓަކީ އެއީ އެންމެ ބޮޑު އަދި ބުރަ މަސައްކަތް ކަމަށާއި އެ ކަމަށް ވަރަށް ބޮޑަށް ފޯކަސް ކުރެވިގެންދާނެ ކަމަށެވެ. އަދި އެއާއެކު އެމްޕީއެލްގެ މަސައްކަތްތައް ބަދަލުވެގެންދާނީ މުޅިން ތަފާތު މާހައުލަކަށް ކަމަށައި އެ ތަނުގައި ޒަމާނީ ޓެކްނޮލިޖީގެ ވަސީލަތްތައް ބޭނުންކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތާއެކު ޕޯޓުތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ތިނަދޫގައި އިންޓަނޭޝަނަލް ޕޯޓެއް ތަރައްގީކުރެވިގެންދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެމްޕީއެލް އިން ދާދި ފަހުން ވަނީ އެ ކުންފުނިން ދެމުން ގެންދިޔަ ބަހުގެ ޚިދުމަތްތައް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ހަވާލުކޮށްފައެވެ. ސިނަމާލެެ ބްރިޖު ހުޅުވައި ދެ އަވަށް ދޭތެރޭ ބަހުގެ ހިދުމަތް ދިނުމަށް ކުރީ ސަރުކާރުގައި އެމްޕީއެލް އިންވަނީ 100 މިލިއަން ރުފިޔާ އިންވެސްޓު ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް