އިޔާޒް ވަޒީފާއިން ވަކި ކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅަނީ

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ވަޒީފާއިން ވަކި ކުރި މައްސަލަ ވަޒީފާ އާއި މެހޭ ޓްރައިބިއުނަލަށް ހުށަހަޅަން ތައްުޔާރުވެއްޖެ އެވެ. ޑރ. އިޔާޒު އަދާކ...

04 Jul 2021 | 08:02

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ވަޒީފާއިން ވަކި ކުރި މައްސަލަ ވަޒީފާ އާއި މެހޭ ޓްރައިބިއުނަލަށް ހުށަހަޅަން ތައްުޔާރުވެއްޖެ އެވެ.

ޑރ. އިޔާޒު އަދާކުރެއްވީ އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާއިން ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު/ ސީނިއާ ލެކްޗަރާގެ މަގާމެވެ. އޭނާ ވަޒީފާއިން ވަކި ކުރީ ސޯޝަލް މީޑިއާގައި ފާޅު ކުރަމުންދާ ހިޔާލުތަކާއި ގުޅިގެން އިންޒާރު ދިނުމަށް ފަހު އިސްލާހު ކޮށްފައި ނުވާކަމަށް ބުނެ އެވެ.

މި މައްސަލައިގަ މިއަދު އިޔާޒު "ދުވަސް" އަށް ވިދާޅުވީ އޭނާ ވަޒީފާއިން ވަކިކުރީ ޒިންމާ އަދާ ނުކޮށްގެން ނޫން ކަމަށާއި ސިޔާސީ ގޮތުން ދެބަސްވެގެން ކަމަށެވެ. އެހެންކަމުން އެއީ ބޭއިންސާފުން ހިންގާފައިވާ ކަމަކަށް އިންސާފު ހޯދުމަށް އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.

މި މައްސަލައިގަ އެމްއެންޔޫއިން ޑރ. އިޔާޒު ވަޒީފާއިން ވަކިކޮށްފައިވަނީ އިންސާފުވެރިކޮށް ނޫން ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲވެސް ވިދާޅުވެފައިވެ އެވެ. އަދި އިލްމުފަތުރާ އެމްއެންޔޫ ފަދަ މުއައްސަސާއަކުން ހަރުކަށި ފިކުރު އިސްކޮށްފައިވާ ކަމަށް ވިދާޅުވެ އިމްރާން ވަނީ ޑރ. އިޔާޒު ވަކިކުރަން ނިންމި ނިންމުން މުރާޖާ ކުރަން ގޮވާލައްވާފަ އެވެ.

އެންމެ ފަހުން ސޯޝަލް މީޑިއާގައި ގިނަބަޔަކާއި ޑރ. އިޔާޒާއި ދެމެދު ހިޔާޅުތަފާތުވުން އުފެދުނީ އަންހެނުން ހިތާނު ކުރުމުގެ މައްސަލައިގަ އެވެ. އެ މައްސަލަ ހޫނުވުމުން އެންމެ ފަހުން ހަފްތާއެއްހާ ދުވަސް ފަހުން ޑރ. އިޔާޒު ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް