ދެ މަހަށްވުރެ ގިނަ ދުވަސް ފަހުން އޭދަފުށި މޮނިޓަރިންއިން ނަގައިފި

ބ. އޭދަފުށީ މޮނިޓަރިންގެ ހާލަތު އުވާލައިފި އެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 19 ވަނަ ދުވަހު އެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއ...

04 Jul 2021 | 05:37

ބ. އޭދަފުށީ މޮނިޓަރިންގެ ހާލަތު އުވާލައިފި އެވެ.

އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 19 ވަނަ ދުވަހު އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެ ރަށު ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ ކަންކަން ބަލައި މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި މޮނިޓަރިންއަށް ލައި އެޅި ފިޔަވަޅުތައް އުވާލާފައިވާ ކަމަށެވެ.

އޭދަފުށި މޮނިޓަރިންގައި އޮތް މުއްދަތުގެ ތެރޭގައި އެ ރަށުގައި ވަރަށް ބޮޑަށް ކޯވިޑް ފެތުރިފައިވެ އެވެ. މިހާރު އެ ރަށުގައި ބަލި ކޮންޓްރޯލްވެފައިވާއިރު އެންމެ ފަހުން ޕޮސިޓިވް ކޭސްއެއް ފެނިފައިވަނީ މިދިޔަ މަހުގެ21 ވަނަ ދުވަހު އެވެ.

މޮނިޓަރިންއަށް ލީ ފަހުން އޭދަފުށިން ޖުމްލަ 315 މީހަކު ކޯވިޑަށް ޕޮޒިޓިވްވި އެވެ. މި ވަގުތު ރަށުގައި އުޅެނީ އެކްޓިވް ދެ ކޭސް އެވެ.

މި މުއްދަތުގެ ތެރޭގައި އެ ރަށުން ކޯވިޑް ޖެހުނު ދެ މީހަކު މަރުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް