ސައުދީން ޔޫއޭއީ، އިތިއޯޕިއާ އަދި ވިއެޓްނާމާއި ދެމެދު ކުރާ ވައިގެ ދަތުރުތައް އަނެއްކާވެސް މެދުކަނޑާލަނީ

ސައުދީ އަރަބިއްޔާ އާއި ތިން ގައުމަކާއި ދެމެދު ކުރާ ވައިގެ ދަތުރުތައް މިއަދުން ފެށިގެން ހުއްޓާލަން ނިންމައިފި އެވެ. ސައުދީ އިންޓީރިއާ މިނިސްޓްރީން ބުނީ ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވަނީ އިތިއޯ...

04 Jul 2021 | 05:22

ސައުދީ އަރަބިއްޔާ އާއި ތިން ގައުމަކާއި ދެމެދު ކުރާ ވައިގެ ދަތުރުތައް މިއަދުން ފެށިގެން ހުއްޓާލަން ނިންމައިފި އެވެ.

ސައުދީ އިންޓީރިއާ މިނިސްޓްރީން ބުނީ ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވަނީ އިތިއޯޕިއާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ވިއެޓްނާމަށް ކުރާ ދަތުރުތައް ކަމަށެވެ. އެ ނިންމުމަށް އަމަލު ކުރަން ފަށާނީ މިރޭ ސައުދީ ގަޑިން 11:00 ން ފެށިގެންނެވެ.

މިގޮތަށް ނިންމީ އެ ތިން ގައުމުގައި ކޯވިޑް ފެތުރުން އިތުރުވެފައި ވުމާއި އެކު ވައިރަސްގެ ތަފާތު ވޭރިއަންޓުތައް ފެނުން އިތުރުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. ހާއްސަކޮށް އެ ތިން ގައުމުގައި ޑެލްޓާ ވޭރިއަންޓުގެ ބިރުވެރިކަން އިތުރުވެފައިވާތީ ކަމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނެ އެވެ.

ސަައުދީން ބުނީ މިވަގުތު އެ ގައުމުތަކުގައި ތިބި ސައުދީ ރައްޔިތުންނާއި އެ ގައުމަށް ދާން ހަމަޖެހިފައިވާ މީހުން މިރޭގެ ފަހުން ސައުދީއަށް އެތެރެވާނަމަ 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ އެވެ.

މިފިޔަވަޅު އަޅާފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ. އަދި ތިން ގައުމެއްގެ ދެމެދު ކުރާ ވައިގެ ދަތުރުތައް މެދުކަނޑާލާފައި މިވަނީ ކޯވިޑާއި ގުޅިގެން ސައުދީގެ ވައިގެ ބޯޑު ބަންދުކޮށްފައި އޮންނަތާ އަހަރެއް ފަހުން އަލުން ހުޅުވާލިތާ ހަތް ހަފްތާ ފަހުންނެވެ.

ސައުދީން ދަތުރު ކުރުން ހުއްޓާލި ޔޫއޭއީން ވަނީ ޑެލްޓާ ވޭރިއަންޓުގެ ނުރައްކާތެރިކަން އިތުރުވެ އިންޑިއާއަށް ކުރާ ވައިގެ ދަތުރުތައް މެދުކަނޑާލާފައި އެވެ. ޑެލްޑާ ވޭރިއަންޓު ފުރަތަމަ ފެނިފައިވަނީ އިންޑިއާއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް