ޅ.ކުރެއްދޫ ރިސޯޓްކައިރިއަށް ވެއްޓި އަޑިއަށްދިޔަ ޓީއެމްއޭގެ ސީޕްލޭންގެ މައިގަނޑު ކަނޑުގެ ފެނިފައިވާކަމަށް އެމްއެންޑިއެފުން ބުނެފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އެމްއެންޑިއެފްގެ އިންފޮމޭޝަން އޮފިޝާރ މޭޖަރ އަދުނާން މުހައްމަދު ވިދާޅުވީ ބޯޓުގެ މައިގަނޑު އޮތީ 38 މީޓަރު އަޑީގައި ކަމަށާއި ނެގުމުގެ މަސައްކަތް ފެށޭނެ ދުވަހެއް އަދި ބުނަން ނޭންގޭ ކަމަށެވެ.
ނެގުމުގެ މަސައްކަތް މިހާރު ކުރިއަށް ނުގެންދިޔަ ނަމަވެސް ފްލައިޓް ވެއްޓުމުގެ ހާދިސާ އިންވެސްޓިގޭޓް ކުރުމުގައި އެމްއެންޑީއެފުން އެހީތެރިވަމުން އަންނަކަމަށްވެސް އަދުނާން ވިދާޅުވި އެވެ.
ބޯޓް ވެއްޓުނުއިރު އޭގައި 11 ފަސިންޖަރުންނާއި ތިން ކްރޫން ތިއްބެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ. ފަސިންޖަރުންގެ ގޮތުގައި މުޅިން ވެސް ދަތުރުކުރީ ކުރެއްދޫ ރިސޯޓަށް ދިޔަ ޓޫރިސްޓުންނެވެ.
އޭވިއޭޝަން އޮތޯރިޓީން ބުނީ 14 މީހުންނާއެކު ދަތުރުކުރަމުން ދިޔަ އެޗްސީ ޑޭޝް 6 މަރުކާގެ ބޯޓު ވެއްޓުނީ އިމަޖެންސީ ހާލަތުގައި ކުރެއްދޫ އިން ދެ މޭލު ބޭރުގައި ޖެއްސުމުގެ ތެރޭގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް