މިސްކިތަކަށްވަދެ ކުޑަ އަންހެންކުއްޖަކު ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި 12 މަރު

ނައިޖީރިއާގެ މިސްކިތަކަށް އުމުރުން 15 އަހަރުގެ އަންހެންކުއްޖަކު ވަދެ ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ނަމާދުކުރަން ތިބި 12 މީހަކު މަރުވެ ހަތް މީހަކު ޒަހަމްވެއްޖެ އެވެ. މަސްދަރުތައް ބުނާގޮތުން މި ...

04 Jul 2015 | 03:53

ނައިޖީރިއާގެ މިސްކިތަކަށް އުމުރުން 15 އަހަރުގެ އަންހެންކުއްޖަކު ވަދެ ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ނަމާދުކުރަން ތިބި 12 މީހަކު މަރުވެ ހަތް މީހަކު ޒަހަމްވެއްޖެ އެވެ.

މަސްދަރުތައް ބުނާގޮތުން މި ހާދިސާ ހިނގާފައިވަނީ ނައިޖީރިއާގެ ބޯރނޯއަވަށުގަ އެވެ. މެންދުރު ނަމަދުކުރަން ބަޔަކު މިސްކިތުގައި ތިއްބާ މި އަންހެންކުއްޖާ ދުވެފައި ކަހަލަ ގޮތަކަށްގޮސް މިސްކިތަށް އެރުމަށްފަހު އަމިއްލަ ނަފްސު ގޮއްވާލީކަމަށް މަންޒަރުދުއް ފަރާތްތަކުން ބުނެ އެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވިނަމަވެސް މި ފަހަކަށް އައިސް ނައިޖީރިއާގައި މުސްލިމުންނަށް އަމާޒުކޮށް މި ފަދަ ހަމަލާތައް ދެމުން އަންނަނީ ބޯކޯހަރާމް ޖަމާއަތުންނެވެ.

މީގެ ދެދުވަސްކުރިން ބޯކޯހަރާމުންވަނީ ބޯރނޯ އަވަށުގައި ރޯދައަށްތިބި މުސްލިމުންނާ ދެކޮޅަށް ގަތުލްއާއްމެއް ހިންގާ 145 މީހަކު މަރާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް