މިސްރުގައި ތިބެ އައިއެސްއިން އިޒްރޭލަށް ހަމަލާދީފި

މިސްރުގެ ސިނާއީ ސަރަހައްދުގައި އުޅޭ އައިއެސް ޖަމާއަތުގެ ގުރޫޕަކުން އިޒްރޭލަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ދީފި އެވެ. އެ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަލަސްތީނުގެ ބިމަށް ވެރިވެގެންފައިވ...

04 Jul 2015 | 03:42

މިސްރުގެ ސިނާއީ ސަރަހައްދުގައި އުޅޭ އައިއެސް ޖަމާއަތުގެ ގުރޫޕަކުން އިޒްރޭލަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ދީފި އެވެ.

އެ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަލަސްތީނުގެ ބިމަށް ވެރިވެގެންފައިވާ ޔަހޫދީން އުޅޭ ސަރަހައްދަށް އަމާޒުކޮށް ތިން ރޮކެޓް ފޮނުވާލާފައިވާކަމަށެވެ.

އިޒްރޭލުންވެސް އެކަން ކަށަވަރުކޮށްދެ އެވެ. އިޒްރޭލުން ބުނެފައިވަނީ އިޒްރޭލުފަޅިން ތިން ރޮކެޓެއް އިޒްރޭލަށް އަމާޒުވެފައިވާކަމަށެވެ. ނަމަވެސް އެ ރޮކެޓްތައް އަމާޒުވެފައިވަނީ ހަނަފަސް ސަރަހައްދަކަށްކަމުން އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށްވެސް އިޒްރޭލުން ބުނެ އެވެ.

މިސްރުގެ އިޒްރޭލާވީ ފަޅިން އައިއެސްގެ ބާރުގަދަކޮށްފައިވާއިރު އެފަރާތުގެ ބޯޑަރު ސަރައްދުގެ ސެކިއުރިޓީ ކަންކަން އިޒްރޭލުން ވަނީ ވަރުގަދަކޮށްފަ އެވެ. އިޒްރޭލުން ބުނެފައިވަނީ އެ ސަރައްދުގައި އައިއެސްއިން ހަނގުރާމަކުރަމުން އަންނަނީ ފަލަސްތީނުގެ ހަމާސް ޖަމާއަތާވެސް ގުޅިގެން ކަމަށެވެ.

ނަމަވެސް ހަމާސް ޖަމާއަތުން އެކަން ދޮގު ކުރެ އެވެ. ހަމާސްއިން މިކަން ދޮގުކޮށްފައިވާއިރު ފަލަސްތީނުގެ ރައްޔިތުންނަށް އެކަށީގެންވާ ރައްކާތެރިކަން ދިނުމުގެ ގާބިލިއްޔަތުކަން ހަމާސް ޖަމާއަތުގެ ކިބައިގާ ނެތްކަމަށްބުނެ ހަމާސްގެ އަތުން ފަލަސްތީނުގެ ކޮންޓްރޯލް އަތުލާނެކަމަށްބުނެ އައިއެސްއިން ވަނީ އިންޒާރު ދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް