ޢީދު ޖެހިފައިވާ މި ދަނޑިވަޅުގައި، އޫރީދޫ މޯލްޑިވްސްއިން ދިވެހިން ޣައްޒާގެ ޢާއިލާތަކަށް އެހީތެރިވުމަށް ހިތްވަރުދޭ ކެމްޕޭނެއް ފަށައިފިއެވެ. އެންމެ 162 ރުފިޔާއަށް، މިހާރު ހިނގަމުންދާ އިންސާނީ ކާރިސާގެ ސަބަބުން ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި، ޕްރޮޓީނުން މުއްސަނދި ބީފް މަސްދަޅެއް ހަދިޔާކުރެވޭނެއެވެ.
އެމްފައިސާ އެޕުން ފަސޭހަކަމާއިއެކު، އަވަހަށް އަދި ރައްކާތެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
މި މަސައްކަތަކީ ކާބޯތަކެއްޗާއި އަސާސީ ތަކެތި ލިބުން ނުހަނު ދަތިވެފައިވާ ޣައްޒާއަށް ކުއްލި އެހީ ފޯރުކޮށްދިނުމުގެ ފުޅާ މަސައްކަތުގެ ބައެކެވެ. އެމްފައިސާ މެދުވެރިކޮށް ދެވޭ ހަދިޔާތައް ފަލަސްޠީނުގެ ރައްޔިތުންނަށް ފޯރުކޮށްދެވޭނީ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) މޯލްޑިވްސް މެދުވެރިކޮށެވެ. މި ޖަމްޢިއްޔާގެ ޓީމަކީ ޣައްޒާގައި ތިބެ މުހިންމު ކުއްލި އެހީތެރިކަން ފޯރުކޮށްދެމުންދާ ބައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް