ސީގަލް ގްރޫޕުން ހުޅުމާލެ ފޭސް 1 ގައި އައު ފިހާރައެއް ހުޅުވައިފި

ސީގަލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްއިން ހުޅުމާލޭގައި ދެވަނަ ސީގަލް ފިހާރައެއް ރަސްމީކޮށް ހުޅުވައި، ރީޓެއިލް ދާއިރާގައި އިތުރަށް ކުރިއަށް ޖެހިލައިފިއެވެ. ފިތުރޯނު މަގުގައި ހުންނަ އައިރާ ރެސިޑެންސްގައި ހު...

04 Jun 2025 | 14:38

ސީގަލް ގްރޫޕް ޕްރައިވެޓް ލިމިޓެޑްއިން ހުޅުމާލޭގައި ދެވަނަ ސީގަލް ފިހާރައެއް ރަސްމީކޮށް ހުޅުވައި، ރީޓެއިލް ދާއިރާގައި އިތުރަށް ކުރިއަށް ޖެހިލައިފިއެވެ. ފިތުރޯނު މަގުގައި ހުންނަ އައިރާ ރެސިޑެންސްގައި ހުންނަ މި އައު ފިހާރަ މިއަދު ހަވީރު 4:00 ގައި ހުޅުވައިދެއްވީ ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮސްޓްރޭލިއާގެ ހައި ކޮމިޝަނަރު ޑޭވިޑް ޖެސަޕްއެވެ.

މި ފިހާރައިގެ މަޤްޞަދަޤްޞަދަކީ ހުޅުމާލެ ފޭސް 1 ގެ އިތުރުވަމުންދާ ދިރިއުޅޭ އާބާދީއާއި މަސައްކަތްކުރާ އާބާދީއަށް ފެންވަރު ރަނގަޅު ކާބޯތަކެއްޗާއި ގޭބިސީއަށް ބޭނުންވާ އަސާސީ ތަކެތީގެ ފުޅާ ދާއިރާއެއްގައި ލިބޭނެ އިންތިޒާމް ހަމަޖެއްސުމެވެ. މި ފިހާރައިގައި ތާޒާ ކާބޯތަކެއްޗާއި، ދުޅަހެޔޮ ކާނާގެ އިތުރުން، ވަކި ބޭކަރީއާއި ޕޭސްޓްރީ ސެކްޝަނެއް ވެސް ހިމެނެއެވެ. އަދި މީގެ އިތުރުން މަޤްބޫލު ސީގަލް ކެފޭގެ އައިސްކްރީމް ވެސް ލިބެން ހުންނާނެއެވެ.

މި އައު ފިހާރައަކީ ގޭބިސީތަކަށް ބޭނުންވާ ޓޮއިލެޓްރީސް، ސާފުކުރާ ތަކެއްޗާއި ކުޑަކުދިންގެ ތަކެތި ހިމެނޭހެން ދުވަހުން ދުވަހަށް ބޭނުންވާ ތަކެތި ފަސޭހައިން އެއްތަނަކުން ހޯދޭނެ ޙައްލެކެވެ.

މި ފިހާރަ ހުޅުވިފައި ހުންނާނެ ގަޑިތަކަކީ:

ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް: ހެނދުނު 8:30 އިން ރޭގަނޑު 11:00 އަށް

ހުކުރު ދުވަސް: ހެނދުނު 8:30 އިން 10:00 އަށް، އަދި ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް

ސީގަލް ގްރޯސަރީއަކީ ދިވެހިރާއްޖޭގައި ލިބެންހުންނަ ފައިދާހުރި ކާނާގެ ބާވަތްތަސް އިތުރުކުރުމަށް ސީގަލް ގްރޫޕުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މާލޭގެ ޗަންދަނީމަގާއި އަމީނީމަގުގައި ހުރި އައުޓްލެޓްތަކާއި، ހުޅުމާލެ ފޭސް 2 ގައި ހުރި އަނެއް ފިހާރައާއެކު، މި ކުންފުނި މަޝްހޫރުވެފައިވަނީ ފެންވަރު ރަނގަޅުކަމަށާއި ކަސްޓަމަރުން ހިތްހަމަޖެހޭ ޚިދުމަތްތަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް