ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން ރައީސް ނަޝީދު ހާމަކުރައްވައިފި

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ. ރައީސް ނަޝީދު މިކަން ހާމަކުރެއްވީ މޯލްޑިވިއަން ...

04 Jun 2025 | 14:23

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.

ރައީސް ނަޝީދު މިކަން ހާމަކުރެއްވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ބައެއް އިސް ވެރިންނަށް ފޮނުއްވެވި މެސެޖެއްގައެވެ.

އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވެފައިވާކަމަށްވަނީ ކުރިމަތިލެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށެވެ. އަދި އެކަމާ އެ ބޭފުޅަކު ދެކެލައްވާގޮތެއް ހާމަކޮށްދެއްވުމަށްވެސް ރައީސް ނަޝީދުގެ މެސެޖުގައި ވިދާޅުވެފައިވާކަމަށް ވެއެވެ.

"ކޮންމެ ގޮތަކަށް ޖަވާބުދެއްވިނަވެސް އަޅުގަނޑުމެންގެ ގުޅުމަށް ބުރޫ ނާރާނެ" ރައީސް ނަޝީދުގެ އެ މެސެޖުގައި ލިޔުއްވާފައިވާކަމަށްވެއެވެ.

ކުރިމަތިލެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން ހާމަކުރެއްވިނަމަވެސް ކުރިމަތިލައްވާނީ އަމިއްލަގޮތުން ކަމެއް ޕާޓީއެއްގެ ޓިކެޓެއްގައި ކަމެއް އަދި އެހެންކަމުގައިވަނީނަމަ އެއީ އެމްޑީޕީ ކަމެއް ޑިމޮކްރެޓްސް ކަމެއްވެސް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް