އެކަތި ބޮޑުބެރު ގުރޫޕުން ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށް "އީދު ގޮމާ" ގެ ނަމުގައި އަމިއްލަ ވީޑިއޯ ލަވައެއް މިއަދު ނެރެފިއެވެ.
މި ލަވައަކީ އެ ގުރޫޕުން ނެރުމަށް ރާވާފައިވާ 231 އަލްބަމްގެ ލަވައެކެވެ.
މި ލަވައިގެ ލީޑް ރޯލުގައި ފެނިގެންދަނީ ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ތަރި މަރިޔަމް އައްޒަ އާއި އެކަތި ބޮޑުބެރު ގުރޫޕުގެ ލީޑް ވޯކަލިސްޓް އަދި މެނޭޖަރު ހަމްދާން ސަލީމެވެ. މި ލަވައިގައި ދިވެހި ސަގާފީ ހަރަކާތްތަކާއި ޒަމާނީ ކުލަތައް އެއްކޮށްލައިގެން ރާއްޖޭގެ އުތުރުގެ ބައެއް ރަށްރަށުގައި ދަފި ލުމުގެ ސަގާފަތް އޮންނަ ގޮތް ދައްކުވައިދީފައިވެއެވެ.
ބ. ކިހާދޫގައި ޝޫޓުކޮށްފައިވާ މި ލަވައިގެ ނެށުމުގެ ބައިތަކުގައި އެކްސްޓްރީމް ލެވެލް އާއި އޮނަހިރި ބޮޑުބެރު ގުރޫޕުން ބައިވެރިވެފައިވެއެވެ. މި ލަވައިގެ ޓްރެއިލާއަށް ލިބުނު ތަރުހީބު ފާހަގަކޮށްލެވެއެވެ. އެގޮތުން މީގެ ތިން ދުވަސް ކުރިން ނެރުނު ޓްރެއިލާއަށް 250,000 އަށްވުރެ ގިނަ މީހުން ބަލާފައިވާކަން ފާހަގަކުރެވެއެވެ.
"އީދާ ގުޅުވައިގެން މި ފަހަރު މި ނެރޭ ލަވައަކީ ވެސް ގިނަ ބަޔަކަށް ކަމުދާނެ، ކާމިޔާބު ލަވައަކަށް ވާނެ ކަމަށް އުއްމީދުކުރަން،" އެކަތި ބޮޑުބެރު ގުރޫޕުން ބުނެފައިވެއެވެ.
https://www.youtube.com/watch?v=i0FujW65cfE
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް