އދ. ގެ ސަލާމަތީ މަޖިލީހުން ގާޒާގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ޤަރާރަކަށް ވޯޓުލަނީ

ޑިޕްލޮމެޓިކް މަސްދަރުތަކުން މަޢުލޫމާތު ދޭގޮތުގައި އދ. ގެ ސަލާމަތީ މަޖިލީހުން މިއަދުގެ ވަގުތެއްގައި ގާޒާގައި ވަގުތުން، އެއްވެސް ޝަރުތަކާ ނުލައި އަދި ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ޤަރާރަކަށް ...

04 Jun 2025 | 01:06

ޑިޕްލޮމެޓިކް މަސްދަރުތަކުން މަޢުލޫމާތު ދޭގޮތުގައި އދ. ގެ ސަލާމަތީ މަޖިލީހުން މިއަދުގެ ވަގުތެއްގައި ގާޒާގައި ވަގުތުން، އެއްވެސް ޝަރުތަކާ ނުލައި އަދި ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ޤަރާރަކަށް ވޯޓުލުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ 15 މެންބަރުންގެ މަޖިލީހުގައި ހިމެނޭ އިންތިޚާބުކުރެވިފައިވާ 10 މެންބަރުން އިސްނަގައިގެން ހުށަހަޅާފައިވާ ގަރާރެކެވެ. މި ޤަރާރުގައި އަދި އިތުރަށް ގޮވާލަނީ:

  • ހަމާސް އަދި އެހެނިހެން ގްރޫޕްތަކުން ހިފަހައްޓާފައިވާ ހުރިހާ ރަހީނުން ދޫކޮށްލުމަށް.
  • ގާޒާއަށް އިންސާނީ އެހީ ވަނުމަށް އޮތް ހުރިހާ ހުރަސްތަކެއް ނައްތާލުމަށް.
  • އެ ސަރަޙައްދުގެ ހުރިހާ ކަންކޮޅުތަކަކަށް ރައްކާތެރިކަމާއެކު އަދި އެއްވެސް ހުރަހަކާ ނުލައި އެހީ ފޯރުކޮށްދިނުމަށް.

މި ޤަރާރު ފާސްވުމަށްޓަކައި މަދުވެގެން 9 ވޯޓު ލިބުމާއެކު، ދާއިމީ 5 މެންބަރުންކަމުގައިވާ އެމެރިކާ، ރަޝިޔާ، ޗައިނާ، ބްރިޓެން ނުވަތަ ފްރާންސްއިން ވީޓޯ ނުކުރުން ލާޒިމުވެއެވެ.

މި ވޯޓުލުން އަންނަނީ ގާޒާގައި އިންސާނީ ޙާލަތު ދަށަށް ދަމުންދާ ދަނޑިވަޅެއްގައެވެ. މި ޙާލަތާ ގުޅިގެން ބައިނަލްއަޤްވާމީ ކަންބޮޑުވުން އިތުރުވަމުންދާއިރު، އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ އޮފީހުން ވަނީ ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމަށް ގަސްދުގައި ހުރަސްއެޅުމަކީ ހަނގުރާމައިގެ ކުށަކަށް ވެދާނެކަމަށް އިންޒާރުދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް