މާލެ ސަރަހައްދުގައި މިރޭ ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ގިނަ ބަޔަކަށް އަނިޔާވެއްޖެއެވެ.
މެރިން ފުލުހުން ދެންމެ ބުނެފައިވަނީ މިރޭ 11 ޖަހާ އެހާކަންހާއިރު ހުޅުލެ ނެރު ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓުވުމާއި ގުޅިގެން މެރިން ޕޮލިހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
"މި އެކްސިޑެންޓްގައި ހަތް މީހަކަށް އަނިޔާވުމާއި ގުޅިގެން އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންދެވިފައި" މެރިން ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ މެރިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާގައި އަނިޔާވި މީހުންގެ ހާލާއި ގުޅޭގޮތުން އައިޖީއެމްއެޗްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް