ކުޑަކުއްޖަކަށް އަނިޔާކޮށް ބުލީކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިރޭ ވައިރަލް ވެފައިވާއިރު އެއީ މާ ކުރީގެ ވީޑިއޯއެއް ކަމަށާއި އެކަމާއި ގުޅިގެން ފިޔަވަޅު ވާނީ އަޅާފައިކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ މިއީ ދުވަސްކޮޅެއް ކުރިން ހިނގާފައިވާ ކަމެއް ކަމަށާއި މި މައްސަލަބަލާ، ފުލުހުން މިކަމަށް ވަނީ ފިޔަވަޅު އަޅާފައި ކަމަށެވެ.
ކުއްޖާގެ މޫނު ފުސްކޮށްފައިވާ އެ ވީޑިއޯއިން ފެންނަނީ ކުއްޖާ ފާރެއްގެ ކައިރީގައި ހުރެ ކޮންމެވެސް "އެކްސްޕްލެނޭޝަނެއް" ދޭ މަންޒަރެވެ. އެއަށްފަހު އެހެން ކުއްޖަކު އޭނާގެ މޫނުމަތީގައި ޖަހާހެން ހީވެއެވެ. އަދި އިތުރު ކުއްޖަކު އެ ކުއްޖާގެ ތަޅާމަންޒަރާއި އެ ކުއްޖާ ރޯ އަޑުވެސް އިވެއެވެ.
ސޯޝަލް މީޑިއާގައި ބުނެފައިވަނީ އެއީ ކ. ގުރައިދޫގައި ހިނގާފައިވާ ކަމެއް ކަމަށެވެ.
މިކަމުގައި ކުރިން ދުވަހަށް މައުލޫމާތު ހިއްސާކޮށް ކ.ގުރައިދޫން މައުލޫމާތު ހިއްސާކުރި ބައެއް ފަރާތްޔަކުން ބުނީ އެއީ ކުދިންތަކެއް މަޖަލަކަށް ކުޅެފައިވާ ވީޑިއޯއެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް