އަނެއްކާވެސް ކުޑަކުއްޖަކަށް ބުލީކޮށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް – އެ ރަށުން ބައެއް މީހުން ބުނަނީ އެއީ މަޖަލަކަށް ކުޅެފައިވާ ވީޑިއޯއެއްކަމަށް

ކުޑަކުއްޖަކަށް އަނިޔާކޮށް ބުލީކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިރޭ ވައިރަލް ވެއްޖެއެވެ. ކުއްޖާގެ މޫނު ފުސްކޮށްފައިވާ އެ ވީޑިއޯއިން ފެންނަނީ ކުއްޖާ ފާރެއްގެ ކައިރީގައި ހުރެ ކޮންމެވެސް...

04 Jun 2024 | 16:57

ކުޑަކުއްޖަކަށް އަނިޔާކޮށް ބުލީކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިރޭ ވައިރަލް ވެއްޖެއެވެ.

ކުއްޖާގެ މޫނު ފުސްކޮށްފައިވާ އެ ވީޑިއޯއިން ފެންނަނީ ކުއްޖާ ފާރެއްގެ ކައިރީގައި ހުރެ ކޮންމެވެސް "އެކްސްޕްލެނޭޝަނެއް" ދޭ މަންޒަރެވެ. އެއަށްފަހު އެހެން ކުއްޖަކު އޭނާގެ މޫނުމަތީގައި ޖަހާހެން ހީވެއެވެ. އަދި އިތުރު ކުއްޖަކު އެ ކުއްޖާގެ ތަޅާމަންޒަރާއި އެ ކުއްޖާ ރޯ އަޑުވެސް އިވެއެވެ.

ސޯޝަލް މީޑިއާގައި ބުނެފައިވަނީ އެއީ ކ. ގުރައިދޫގައި ހިނގާފައިވާ ކަމެއް ކަމަށެވެ.

މިކަމުގައި ފުލުހުންގެ އަދި ޖެންޑާގެ ބަހެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް ކ.ގުރައިދޫން ދުވަހަށް މައުލޫމާތު ހިއްސާކުރި ބައެއް ފަރާތްޔަކުން ބުނީ އެއީ ކުދިންތަކެއް މަޖަކަށް ކުޅެފައިވާ ވީޑިއޯއެއް ކަމަށާއި އެއިން ފެންނަނީ މުޅިންވެސް އެކްޓު ކަމަށެވެ. އެގޮތަށް އެ ރަށުން ދެތިން މީހަކު މައުލޫމާތު ދިނެވެ. އެހެންނަމަވެސް ރަސްމީ އިދާރާއެއްގެ ބަހެއް މިކަމުގައި އަދި ލިބިފައިނުވާތީ އެކަމުގެ ހަގީގަތް އަދި ޔަގީނެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް