ކްލެމެންސީ ބޯޑަށް ބާރަށު ދާއިރާގެ މެމްބަރު ޝުޖާޢު

ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއުގެ ނަން ފާސްކޮށްފިއެވެ. މިއަދު ބޭއްވުނު މަޖިލީހުގައި ކެލެމެންސީ ބޯޑަށް މަޖިލީހުގެ މެމްބަރުންގެ ތެރެއިން މެންބަރަކު ކ...

04 Jun 2024 | 10:11

ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއުގެ ނަން ފާސްކޮށްފިއެވެ.

މިއަދު ބޭއްވުނު މަޖިލީހުގައި ކެލެމެންސީ ބޯޑަށް މަޖިލީހުގެ މެމްބަރުންގެ ތެރެއިން މެންބަރަކު ކަނޑައެޅުއްވުމަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ހުށަހަޅާފައިވަނީ މެންބަރު ޝުޖާއުގެ ނަން އެކަންޏެވެ.

ކްލެމެންސީ ބޯޑަށް ޝުޖާއުގެ ނަން ހުށަހަޅުއްވާފައިވަނީ އިނގުރަދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހުއެވެ. އަދި މި ހުށަހެޅުމަށް ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވަނީ ތާއީދު ކުރައްވާފައެވެ.

ކްލެމެންސީ ބޯޑަށް ޝުޖާއު އައްޔަންކޮށްފައިވަނީ88 މެމްބަރުންގެ ވޯޓުންނެވެ.

މި ބޯޑުގައި ޤާނޫނީ ދާއިރާގެ ބޭފުޅަކާއި، ތައުލީމީ ދާއިރާގެ ބޭފުޅަކާއި، އިޖްތިމާއީ ދާއިރާގެ ބޭފުޅަކާއި، ސިއްހީ ދާއިރާގެ ބޭފުޅެއް އަދި ދީނީ ޢިލްމުގެ ބޭފުޅެއް ހިމެނިވަޑައިގަންނަވާނެއެވެ. އަދި މަދަނީ ޖަމިއްޔާގެ ބޭފުޅަކާއި ޕެރޯލް ބޯޑުގެ ބޭފުޅަކާއި ފުލުހުންގެ ބޭފުޅަކާއި ޝަރުއީދާއިރާގެ ބޭފުޅެއްގެ އިތުރުން ރައްޔިތުން މަޖިލީހުން އައްޔަންކުރައްވާ މެމްބަރެއް ހިމެނިވަޑައިގަންނަވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް